Ads by Farudhun

ޚަބަރު

އެއާޕޯޓު މަގު މަރާމާތުކުރުމަށް އާރްޓީއެލް ބަހުގެ ރޫޓަށް ވަގުތީ ބަދަލެއް ގެނެސްފި

އެއާޕޯޓު މަގު މަރާމާތުކުރުމަށް އާރްޓީއެލް ބަހުގެ ރޫޓަށް ވަގުތީ ބަދަލެއް ގެނެސްފި

އާރްޓިއެލް ބަސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 ޖޫން 2026، 11:48

16 ޖޫން 2026، 11:48

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓާމިނަލް 2 އާ ދިމާލުން އޮންނަ މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާތީ، އެ ސަރަހައްދުގައި ދެމުންގެންދާ އާރްޓީއެލް ބަހުގެ ޚިދުމަތުގެ ރޫޓަށް ވަގުތީ ބަދަލެއް ގެނައުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ. 

އެމްޓީސީސީން މައުލޫމާތު ދެއްވާ ގޮތުގައި، މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 16 އިން ފެށިގެން އެ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ދަންވަރު 00:00 އިން ފަތިހު 05:00 އާ ހަމައަށް ބަހުގެ ރޫޓަށް ބަދަލު އަންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި، އެއާޕޯޓަށް ދަތުރުކުރާ ބަސްތަކުން ފަސިންޖަރުން އަރުވާ ބޭލުމަށް ހަމަޖެހިފައިވަނީ އެއާޕޯޓުގެ ސައިކަލު ޕާކިންގ ސަރަހައްދަށެވެ. މިއީ މަގު ބަންދުވުމުގެ ސަބަބުން ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ.

އެމްޓީސީސީން ވަނީ މި ބަދަލާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލީ މައުލޫމާތު ހޯއްދެވުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެމްޓީސީސީން އިލްތިމާސްކުރެއެވެ.

މި މަސައްކަތަކީ އެއާޕޯޓު އިތުރަށް ތަރައްގީކޮށް، ފަތުރުވެރިންނަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އެމްޓީސީސީގެ އަމާޒަކީ މި މުއްދަތުގެ ތެރޭގައި ވީހާވެސް އޮމާންކަމާއެކު ބަހުގެ ޚިދުމަތް އާންމުންނަށް ފޯރުކޮށްދިނުމެވެ.

މިއީ ސަރުކާރުން ވެލާނާ އިންޓާރ ނޭޝަނަލް އެއާރޕޯރޓުގެ އާޓާމިނަލް ހުޅުވުމަށްފަހު، އެއާޕޯޓުގެ ހިދުމަތް ބޭނުންކުރައްވާ ފަރާތްތަކަށް ފަސޭހަވާނެހެން ގެންނަވާ ބަދަލުތަކެކެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450