ޚަބަރު
ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އޮޕަރޭޝަންގެ ތެރެއިން / ފޮޓޯ: އިމިގްރޭޝަން
މާލެއިން 16 ބިދޭސީން ބަލައިފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ޙަރަކާތްތެރިވާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާ، ފުލުހުންގެ ޚިދުމަތާއި، އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގުޅިގެން ވަނީ ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލާފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން އިއްޔެ މާލޭގެ 5 ސަރަޙައްދެއްގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން، މި އޮޕަރޭޝަނުގައި ޖުމްލަ 16 ބިދޭސީން ބަލައިފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.
Task force conducted a raid yesterday at five locations in Male'. A total of 16 expats were inspected with 5 expats detained for working illegally.@PoliceMv @HomeMinistrymv @MoEDmv @MFDA_mv pic.twitter.com/sDPET5Lyfr
— Maldives Immigration (@ImmigrationMV) June 15, 2026
އިމިގްރޭޝަނުން ކުރިއަށް ގެންދާ މި އޮޕަރޭޝަންތަކުގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި، ޢާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި ދިރިއުޅެމުންދާ ތަންތަން ބަލައިފާސްކުރަމުން އަންނައިރު، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އެފަދަ ތަންތަން ކުއްޔަށް ދީފައިވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
ސަރުކާރުން ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި މުޅި ރާއްޖޭގައި ދަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް އެއްލައްކަ ނުވަދިހަ ހާހަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ދަފްތަރެއް އެކުލަވާލައި، ޤަވާއިދާ ޚިލާފަށް އުޅޭ މީހުން ޑީޕޯޓުކުރުމެވެ.
ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.