Ads by Farudhun

ޚަބަރު

މާލޭގައި ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ހުރި 'ގްރެފިޓީ' ނައްތާލައިފި

މާލޭގައި ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ހުރި 'ގްރެފިޓީ' ނައްތާލައިފި

މާލޭގައި ހުރި ގްރެފިޓީއެއް / ފޮޓޯ: ސަން

މާލޭގައި ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ހުރި 'ގްރެފިޓީ' ނައްތާލައިފި އެވެ.

މާލެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގޭންގު ކުރައިމް ސަޕްރެޝަންއާއި، މާލެ ސިޓީ ކައުންސިލުން ގުޅިގެންނެވެ. މި މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަޙައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި ކުރެހުންތަކާއި ލިޔުންތައް ވަނީ ފޮހެ ނައްތާލާފައެވެ. އަދި މި މަސައްކަތުގެ ދަށުން، މާލެ ސިޓީގެ އިތުރު ސަޙަރައްދުތަކުގައި ހުރި ކުރެހުންތަކާއި ލިޔުންތައް ނައްތައިލުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގެ މަގުތަކުގައި ހުރި ބައެއް ގްރެފިޓީތަކަކީ ޢާންމު ފެންވަރު ދަށް އަދި ރައްޔިތުންގެ ޝަކުވާ ލިބެމުންދާ ކަމެކެވެ. އެހެންކަމުން، މިއީ ގިނަ ބަޔަކު އެދެމުންދާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

މިއީ މާލެ ސިޓީއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450