Ads by Farudhun

ޚަބަރު

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ހުކުރު ދުވަހު މަސްރޭހެއް ބާއްވަނީ

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ހުކުރު ދުވަހު މަސްރޭހެއް ބާއްވަނީ

މަސްވެރިްގެ ފޮޓޯއެއް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 ޖޫން 2026، 02:22

17 ޖޫން 2026، 02:22

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން، 19 ޖޫން 2026 ވާ ހުކުރު ދުވަހު މަސްރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުގެ 14:00 އަށް ހަމަވެގެން ދާއިރު، މާލެ ސަރަހައްދުން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވިގެން ދާނީ ފުރަތަމަ ފޯމު ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 ޓީމަކަށް ކަމަށް މިނިސްޓްރީއިން މައުލޫމާތުދެއެވެ. އަދި ރަށްރަށުން ބައިވެރިވާނެ ޓީމަތަކުގެ އަދަދު ކަނޑައަޅާނީ އެރަށެއްގެ ކައުންސިލުން ކަމަށް ވެސް ވިދާޅުވެއެވެ. 

ގިނަ ބައެއްގެ ތަރުހީބާއި އެއްބާރުލުން މި މަސްރޭހަށް ލިބެމުން އަންނަކަމާއި، ރާއްޖޭގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ ޓީމުތަކަކުން މުބާރާތުގައި ބައިވެރިވެފައިވާކަން މިނިސްޓްރިއިން ވަނީ ފާހަގަކޮށްފައެވެ. 

މާލޭ ސިޓީގައި މުބާރާތް ފެށުމާއި ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފެރީ ޓާމިނަލް ސަރަޙައްދުގައެވެ. އަދި މުބާރާރް ކުރިއަށްދާނީ 19 ޖޫން 2026 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 15:00 އިން ރޭގަނޑު 21:00 އަށެވެ. 

މުބާރާތުގެ ވަނަތަކަށް ހޮވޭ ޓީމުތަކަށް އަގުހުރި ފައިސާގެ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއް ވަނައަށް ހޮވޭ ޓީމަކަށް 30،000 ރުފިޔާ ލިބިގެންދާނެއެވެ. ދެވަނައަށް ހޮވޭ ޓީމަކަށް 25،000 ރުފިޔާ ލިބިގެންދާއިރު، ތިންވަނައަށް ހޮވޭ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވަނީ 20،000 ރުފިޔައެވެ. މީގެ އިތުރުން، އެންމެ ބަރު މަސް ބޭނި ފަރާތަކަށް 5،000 ރުފިޔާ ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި މީގެ އިތުރުން، 20 ޖޫން 2026 ގެ ހެނދުނު 09:00 އިން ހަވީރު 17:30 އަށް ހުޅުމާލޭ ދިރާގު ބީޗުގައި "އޯޝަން ފެސްޓިވަލް"ގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450