Ads by Farudhun

ޚަބަރު

26 ބިދޭސީން ބަލައި ފާސްކޮށް، 3 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

26 ބިދޭސީން ބަލައި ފާސްކޮށް، 3 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިމިގްރޭޝަނުން ބިދޭސީން ބަލާ ފާސްކުރަނީ. ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 ޖޫން 2026، 04:23

17 ޖޫން 2026، 04:23

ރާއްޖޭގައި ޤަވާއިދާ ޚިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދާ "މައިގްރޭޝަން މޮނީޓަރިންގް އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" (އެމްއެމްސީޕީ)ގެ ދަށުން އިއްޔެ 26 ބިދޭސީންނެއް ބަލައި ފާސްކޮށް، 3 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވަނީ އިއްޔެ މާލޭގެ ތިން ސަރަހައްދެއްގައި ބިދޭސީން ބަލައިފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަޓިފިޝަލް ބީޗް ސަރަހައްދާއި، ހީނާމާގެ ޕާރކިންގް އަދި ރަސްފަންނެވެ. 

މީގެ އިތުރުން، މި ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއް ގައި ވެސް އިއްޔެ ވަނީ 43 ބިދޭސީއެއް ބަލައި ފާސްކޮށްފައެވެ. އަދި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 4 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

އެމްއެމްސީޕީއަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އުފައްދާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓައި، އެމީހުނަން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެމީހުން ރާއްޖޭގައި އުޅެނީ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތައްތޯ ބެލުމެވެ. 

ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450