Ads by Farudhun

ޚަބަރު

ގަވާއިދާއި ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޕޮލިހުން ނަގަނީ

ގަވާއިދާއި ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޕޮލިހުން ނަގަނީ

ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

18 ޖޫން 2026، 12:54

18 ޖޫން 2026، 12:54

މާލޭގެ މަގުތަކުގައި ދަތުރުފަތުރަށް އުނދަގޫވާގޮތަށް، ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން ފަށާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ވިދާޅުވެއްޖެއެވެ. 

ރާއްޖޭގައި ގަވާއިދާ ހިލާފަށް ޕާރކުކޮށްފައި ހުންނަ އުޅަނދުތައް ގިނަވެ އާންމުންނަށް އެކަމުގެ އުނދަގޫވާ މައްސަލައަކީ މިހާރު ބޮޑުވެފައިވާ މައްސަލައެކެވެ. ބޮޑެތި މަގުތައް ކަމުގައިވާ މަޖީދީ މަގާއި އަމީނީ މަގުގެ ދެފަރާތުގައި ސައިކަލު ޕާކުކޮށްފައި ހުންނަ ކަމުގެ ޝަކުވާއާއި، އަމީނީ މަގުގައި ކާރު ޕާކުކޮށްފައި ހުންނަކަމުގެ ޝަކުވާތަށް ވަނީ ގިނަވެފައެވެ. މި ޝަކުވަތަކާއި ގުޅިގެން ފުލުހުން ވަނީ މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން، ހާއްސަކޮށް މަޖީދީ މަގުގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރެވެމުންދާކަން ފުލުހުންވަނީ ހާމަކޮށްފައެވެ. އަދި ބަސް ދަތުރުކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިހުރި އުޅަނދުތައް ވެސް ދަނީ ނަގަމުންނެވެ.

މާލޭގެ ޕާކިންގްއަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަބަދުވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450