Ads by Farudhun

ޚަބަރު

ފުލުހުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ފުލުހުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ފުލުހުންގެ ތަމްރީންގެ ތެރެއިން. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

18 ޖޫން 2026، 04:32

18 ޖޫން 2026، 04:32

ދިވެހި ފުލުހުންގެ ހިދުމަތުން އެ ތަނުގެ އޮފިސަރުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށްޓަކައި ތަމްރީން ޕޮރޮގްރާމެއް ފަށައިފިއެވެ.

"ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސީރީޒް" ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މި ހާއްސަ ޕްރޮގްރާމު އަމާޒުކުރެވިފައިވަނީ ފުލުހުންގެ މިޑުލް މެނޭޖްމަންޓުގައި މަސައްކަތްކުރާ އޮފިސަރުންނަށެވެ. 

ޖޫން މަހުގެ 18 ވަނަ ދުވަހު ފެށި މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އޮފިސަރުންގެ ކިބައިގައި ލީޑަރޝިޕް ހުނަރު ހަރުލައްވާ، އިދާރީ ހިންގުމާއި، ކަންކަމުގައި ނިންމުންތައް ނިންމުމުގެ ގާބިލުކަން އޮތްބަޔަކަށް ހެދުމާއި، އޮފިސަރުންނަކީ ނަފުސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުންކަމަށް ފުލުހުން ވިދާޅުވިއެވެ. 

މި ޕްރޮގްރާމުގެ ދަށުން، މަހަކު އެއް ސެޝަން ނުވަތަ ދެ ސެޝަން ބޭވޭނެއެވެ. އެ ތަމްރީނުތަކުގައި ސްޓްރެޓީޖިކް ލީޑާޝިޕް، އަހުލާގީ މިންގަނޑުތައް އަދި ޓެކްނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުގެ އެކި މާހިރުން ބައިވެރިވެ ފުލުހުންނަށް ތަމްރީނުދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450