Ads by Farudhun

ޚަބަރު

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

އެޗްޑީސީގެ މުވައްޒަފުން މަސައްކަތް ކުރަނީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 ޖޫން 2026، 02:20

21 ޖޫން 2026، 02:20

ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ކޮންމެ އަހަރަކު ވެސް ސިލްސިލާކޮށް އެޗްޑީސީއިން ދިވެހި ޒުވާނުނަށް އަމާޒުކޮށް ކުރިއަށް ގެންދާ ޕްރޮގްރާމަކަށް ވާއިރު، މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ.

ކޮންމެ އަހަރަކު މި ޕްރޮގްރާމް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ގާބިލު ދިވެހި ޒުވާނުން އުފެއްދުމަށާއި، ދިވެހި ޒުވާނުންނަކީ ވަޒީފާގެ މާހައުލަށް އަހުލުވެރި ބަޔަކަށް ހެދުންކަމުގައި އެޗްޑީސީއިން މައުލޫމާތުދެއެވެ. އެގޮތުން މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ހިމެނުމަށް ހަމަޖެހިފައިވަނީ 3 ދާއިރާއެކެވެ. އެއީ، ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން، އަދި ސާވޭއިން ޓެކްނީޝަން ދާއިރާއެވެ.

ޕްރޮގްރާމުގެ ބައިވެރިންނަށް މި ދާއިރާތަކުން ލެވެލް 3 ގެ ސަނަދެއް ހާސިލުކުރެވިގެން ދާއިރު، ކޮންމެ މަހަކު ބައިވެރިންނަށް 6000 ރުފިޔާގެ އެލަވަންސެއް ލިބިގެންދާނެއެވެ.

ހަ މަސްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް މިހާރު އޮންލައިންކޮށް   ފޯމު ހުށައަޅާލެވޭނެއެވެ. މި ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ މި ހިނގާ ޖޫން މަހުގެ 30 ވަނަ ދުވަހެވެ.

އެޗްޑީސީއިން ބުނާ ގޮތުގައި، ތަފާތު ދާއިރާތަކުން ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާގެ މާހައުލަށް ގާބިލު ޒުވާނުން އުފެއްދުމުގެ މަސައްކަތަކީ އެ ކޯޕަރޭޝަނުން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެކެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450