ކުޅިވަރު

ކުޑަކުޑަ ކުރަސާއޯގެ ގޯލް ކީޕަރު ވޯލްޑް ކަޕްގެ ރެކޯޑެއް ހަދައި އެ ގައުމަށް ތާރީހީ ޕޮއިންޓެއް ހޯދައިދީފި

ކުޑަކުޑަ ކުރަސާއޯގެ ގޯލް ކީޕަރު ވޯލްޑް ކަޕްގެ ރެކޯޑެއް ހަދައި އެ ގައުމަށް ތާރީހީ ޕޮއިންޓެއް ހޯދައިދީފި

ކުރަސާއޯގެ ގޯލް ކީޕަރު ރޫމް / ފޮޓޯ: ގެޓީ އިމޭޖަސް

21 ޖޫން 2026، 06:30

ވޯލްޑް ކަޕަށް ކޮލިފައިވި އެންމެ ކުޑަ ގައުމު، ކުރަސާއޯއާގެ ގޯލްކީޕަރ، އެލޯއީ ރޫމް، މުބާރާތުގެ ރެކޯޑެއް ހަދައި އެ ގައުމަށް ތާރީހީ ޕޮއިންޓެއް ހޯދައިދީފިއެވެ.

ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކުޅޭ ކުރަސާއޯ އާއި އިކުއެޑޯ ރޭ ކުޅުނު މެޗުގައި، ކުރަސާއޯ ބަލިކޮށްލެވޭނެ ގިނަ ހަމަލާތަކެއް އިދިކޮޅު ޓީމުން އުފެއްދިއެވެ. ނަމަވެސް އެ ވަގުތުކޮޅު ތަކުގައި ކުރަސާއޯއަށް އުއްމީދު ހޯދައިދިނީ ކީޕަރު ރޫމްއެވެ. 

އޭގެ އެއް ހަމަލާގައި، އިކުއެޑޯގެ ފޯވާޑް، ވެލެންސިއާ އާއި ރޫމްގެ އެކަނި ކުރިމަތިލުމެއްގައި ބޯޅަ ދާނެ ދިމާ ދުރާލާ އަންދާޒާކޮށް، ވައަތް ފަރާތަށް ތިރިވެ، ގޯލުގެ އަރިމަތީ ދަނޑި ކައިރިން އެ ބޯޅަ ބޭރުކޮށްލިއެވެ. އެއީ އެންމެން ހައިރާންކޮށްލި މޮޅު ސޭވްއެކެވެ. މި ސޭވްއާއެކު މުޅި މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައެވެ.

މެޗު ނިމުނުއިރު، ބީބީސީ ސްޕޯޓްސްގެ އެނަލިސްޓް އަދި އާސެނަލްގެ ކުރީގެ ޑިފެންޑަރު މާޓިން ކިއޯން ސަމާސާ ރޫހެއްގައި ބުނެފައިވަނީ، ރޫމް އޭނާގެ ޓީމު ސަލާމަތްކޮށްދިން ފަހަރުތައް ގުނުމަށް ކަލްކިއުލޭޓަރެއް ބޭނުންވެދާނެ ކަމަށެވެ.

ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކުރަސާއޯއިން އެ ގައުމުގެ ފުރަތަމަ ޕޮއިންޓް ހޯދައި އުފާފާޅުކުރިއިރު، އެކުއެޑޯއަށް ޖެހުނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ހިތި ނަތީޖާއާ ކުރިމަތިލާށެވެ.

މިއާމީ އެފްސީއަށް ކުޅެމުން އަންނަ އުމުރުން 37 އަހަރުގެ ރޫމް ވަނީ 15 ސޭވްއާއެކު ވޯލްޑް ކަޕްގެ ރެކޯޑާ އަރާ ހަމަކޮށް، އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. 

އޮޕްޓާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 1966 ވަނަ އަހަރު ރެކޯޑްތައް ބަލަހައްޓަން ފެށީއްސުރެ، ވޯލްޑް ކަޕްގެ 90 މިނިޓުގެ ތެރޭގައި އެއްވެސް ކީޕަރަކު މިއަށްވުރެ ގިނަ ސޭވްއެއް ކޮށްފައެއް ނުވެއެވެ.

އިކުއެޑޯއަކީ ދުނިޔޭގެ ރޭންކިންގައި ކުރަސާއޯއަށްވުރެ 50 ދަރަޖަ މަތީގައި އޮތް އެކުއެޑޯއާއެވެ. އެކުއެޑޯވެސް ނުކުތީ އައިވަރީ ކޯސްޓް އަތުން ބަލިވުމަށްފަހު އަލުން މޮޅުވުމުގެ އަޒުމުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450