Ads by Farudhun

ޚަބަރު

ށ. މިލަންދޫގައި ބިނާކުރާ އިސްލާމިކް ސެންޓަރުގެ ކޮންކުރިޓް ލޭޔަރގެ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ށ. މިލަންދޫގައި ބިނާކުރާ އިސްލާމިކް ސެންޓަރުގެ ކޮންކުރިޓް ލޭޔަރގެ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ށ. މިލަންދޫގައި ބިނާކުރާ އިސްލާމިކް ސެންޓަރުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

22 ޖޫން 2026، 01:08

22 ޖޫން 2026، 01:08

މޯލްޑިވްސް ކޮންސްޓްރަކްޝަން އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ށ. މިލަންދޫގައި ބިނާކުރަމުންދާ އިސްލާމިކް ސެންޓަރުގެ ސެންޓަރުގެ ކޮންކުރިޓް ލޭޔަރގެ މަސައްކަތް މިހާރުވަނީ ނިމިފައިކަން އެ ކުންފުނިން ހާމަކޮށްފިއެވެ. 

އެމްޓީސީސީއިން ހާމަކުރާ ގޮތުގައި މިހާރު ކުރިއަށް ދަނީ އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތާއި، އިމަރާތުގެ ތަނބުތައް ހެދުމުގެ މަސައްކަތެވެ. 

މިއީ އިސްލާމިކް މިނިސްޓްރީއިން މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ޕްރޮޖެކްޓު އެމްޓީސީސީއާއި ހަވާލުކުރުމަށް އޭރު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަރުކަރުން އިސްލާމީ މަރުކަޒުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތް ވަނީ ފާހަގަކުރައްވާފައެވެ.

މި މަޝްރޫއުގެ ދަށުން އެ ސަރަހައްދަކީ ރަށުގެ ރައްޔިތުންނަށް ފަސޭހައާއި އެކު ނަމާދުކުރެވޭ ތަނަކަށްވެ، ޢިލްމު އުނގެނުމުގެ ފުރުސަތު ލިބިގެންދާނޭ ތަނެއް ކަމުގައި ކަނޑައެޅިގެންދާނެއެވެ. އަދި މި އިސްލާމިކް ސެންޓަރުގެ ސަބަބުން އިޖްތިމާއީ ގުޅުން ބަދަހިވެ އިސްލާމީ ތަރުބިއްޔަތު ދިނިމަށް ފަސޭހަވެގެންދާނެއެވެ. 

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ މަރުކަޒުތައް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން ހިންގިގެންދާ ޕްރޮޖެކްޓެކެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ކުރިއެރުން ލިބިގެންދާނެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450