ކުޅިވަރު

ހާލަންޑުގެ ދެ ލަނޑާއެކު ވޯލްޑް ކަޕުގެ ދެވަނަ ބުރުން ނޯވޭ ޖާގަ ހޯދައިފި

ހާލަންޑުގެ ދެ ލަނޑާއެކު ވޯލްޑް ކަޕުގެ ދެވަނަ ބުރުން ނޯވޭ ޖާގަ ހޯދައިފި

ކުޅުންތެރިޔާ އާރލިން ހާލަންޑު. ފޮޓޯ: އިންޓަނެޓު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ޖޫން 2026، 11:15

23 ޖޫން 2026، 11:15

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގެ މެޗުތަކުގެ ތެރެއިން ނޯވޭއާއި ސެނެގާލް ބައްދަލުކުރި މެޗު 2-3 ގެ ނަތީޖާއަކުން ކާމިޔާބިކޮށް، ނޯވޭއިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. މި މެޗުގައި އެ ޓީމުގެ އާރލިން ހާލަންޑު ވަނީ 2 ލަނޑު ޖަހާފައެވެ.

އެއާއެކު ހާލަންޑުވަނީ 4 ލަނޑު ހަމަކޮށް ނޯވޭގެ ޤައުމީ ޓީމަށް ވޯލްޑް ކަޕެއްގައި އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާގެ މަޤާމު ހޯދާފައެވެ. 

މި މެޗުގެ އެންމެ ފުރަތަމަ ލަނޑަކީ 43 ވަނަ މިނެޓުގައި ސެނެގާލް ޓީމުގެ ކެޕްޓަން ކަލިދޫ ކުލިބާލީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ނޯވޭގެ މާކަސް ޕެޑަރސަން ޖަހައިދިން ލަނޑެކެވެ. 

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން މާ ގިނައިރެއް ނުވަނީސް، ނޯވޭއަށް ލިބިފައި އޮތް ލީޑު ފުޅާކޮށްދިނީ މެންޗެސްޓަރ ސިޓީއަށް ކުޅެމުންދާ އެޤައުމުގެ ފޯވަރޑް ހާލަންޑެވެ. ހާލަންޑުގެ މި ގޯލަކީ، ނޯވޭގެ ކެޕްޓަން މާޓިން އޮޑެގަރޑް ތަނަވަސްކޮސްދިން ފުރުސަތަކުން، ގޯލުގެ މަތީކަނަށް އަމާޒުކޮށް އޭނާ ފޮނުވާލި ހަމަލާއެކެވެ. 

އޭގެ ފަހުން މެޗުގެ 53 ވަނަ މިނެޓުގައި ސެނެގާލްއިން ވަނީ ގޯލެއް ޖަހާ އެޓީމަށް ހިތްވަރު އާކޮށްދީފައެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އިސްމާއިލާ ސާރއެވެ. 

ނަމަވެސް އޭގެ ފަސް މިނެޓުފަހުން އަނެއްކާވެސް އޮޑެގަރޑް ތަނަވަސްކޮށްދިން ފުރުސަތަކުން ހާލަންޑް ވަނީ ހިތްގައިމު ވޮލީއަކުން  ދެވަނަ ލަނޑެއް ޖަހާފައެވެ. މި ދެ ކުޅުންތެރިންގެ ފަރާތުން ވެސް ހިތްގައިމު ކުޅުމެއް މެޗުގައި ފެނިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.

މެޗު ނިމެން ކައިރިވެފައި ވަނިކޮށް އިތުރު މެނެޓުގައި ސެނެގާލްއިން ވަނީ އިތުރު ލަނޑެއް ޖަހާ ހިތްވަރު އާކޮށްފައެވެ. އަދި އިތުރު ލަނޑެއް ޖެހުމަށް އެ ޓީމުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތްނުވެ، މެޗު ނިމިގެން ދިޔައީ 2-3 ގެ ނަތީޖާއަކުންނެވެ.

ކުޅުނު ދެމެޗުން ވެސް މުޅުވެ ނޯވޭ މިހާރުވަނީ ގްރޫޕް އައިގެ ދެ ވަނައަށް އަރާ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފައެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތީ ފްރާންސެވެ. ސެނެގާލްއިން ދެވަނަ ބުރުން ޖާގަ ހޯދަން ބޭނުންވާ ނަމަ، ކުރިއަށް އިރާގު މެޗުން މޮޅުވުން މަޖުބޫރެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450