Ads by Farudhun

ޚަބަރު

ރ. ދުވާފަރު ވޮލީ ކޯޓުގެ އަމަލީ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ރ. ދުވާފަރު ވޮލީ ކޯޓުގެ އަމަލީ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ރ. ދުވާފަރު ވޮލީ ކޯޓުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސި

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ޖޫން 2026، 12:28

23 ޖޫން 2026، 12:28

ސަރުކާރުން، މޯލްޑިވްސް ކޮންސްޓްރަކްޝަން އެންޑް ކޮންޓްރެކްޓިންގް ކޮންމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްގެން، ރ. ދުވާފަރުގައި ގާއިމުކުރާ އައުޓްޑޯ ވޮލީ ކޯޓުގެ އަމަލީ މަސައްކަތް ނިމިފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭގައި ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއަކަށް ވީއިރު، މި މަޝްރޫގެ އަމަލީ މަސައްކަތް ފަށާފައިފަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 13 ގައެވެ. އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ. 

މަޝްރޫގެ ދަށުން އެ ސަރަހައްދުގެ ބިންގަނޑު އެއްވަރުކުރުމާއި، ކޮންކްރީޓް މަސައްކަތްތަކާއި، ވަށާފާރެއް ރޭނުމާއި، އިކުއިޕްމަންޓު ހަރުކުރުމުގެ މަސައްކަތް އެކުންފުންޏާ ހަވާލުކުރެވުނެވެ. 

މިއީ ކުޅިވަރަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ އަދި ވޮލީއަށް ލޯބިކުރާ އެތައް ރައްޔިތުން އުޅޭ ރ. ދުވާފަރުގެ ޒުވާނުންގެ އުންމީދުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެކެވެ. މި މަޝްރޫގެ ސަބަބުން ރަށަށް އިޖުތިމާއީ ގޮތުން ކުރިއެރުން ލިބި ރަށުގެ އެއްބައިވަންތަކަން އާލާވެގެންދާނެ ކަމަށް ލަފާ ކުރެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450