Ads by Farudhun

ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ނައިފަރުން 3 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނައިފަރުން 3 މީހަކު ހައްޔަރުކޮށްފި

މައްސަލައިގައއި ހައްޔަރުކުރި މީހުން. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 ޖޫން 2026، 09:19

27 ޖޫން 2026، 09:19

މަސްތުވާތަކެތީގެ މައްސަލައެއްގައި ޅ.ނައިފަރުން ތިން މީހުން ހައްޔަރުކޮށްފައިވާކަން ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ.ނައިފަރު / ނޭޒާ، އާދަމް ޙަސަންފުޅު، (41އ) އާއި ޅ.ނައިފަރު / މުރަނގަމާގެ، މުޙައްމަދު ޝިފާޒު (36އ) އަދި އިންޑިޔާ ރައްޔިތެއްކަމަށްވާ ސޭމް ސަޖޫ، (28އ) އެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ނައިފަރުގެ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން، ޖޫން 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. 

މި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން ނައިފަރުގެ ގެ އެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 37 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން މަޢުލޫމާތުދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450