ޚަބަރު
ހުޅުމާލެ ފޭސް 1 ގެ އެޕާޓްމަންޓެއްގައި ހަމަނުޖެހުމެއް ހިނގައިފި
ހުޅުމާލެ ފޭސް 1. ފޮޓޯ: އިންޓަނެޓް
ހުޅުމާލެ ފޭސް 1 ގެ އެޕާޓްމަންޓެއްގައި ހަމަނުޖެހުމެއް ހިނގައިފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންނަށް މިކަމުގެ ރިޕޯޓު ލިބިފައިވަނީ، 2026 ޖޫން 27 ވަނަ ދުވަހުގެ ހެނދުނު 6:05 އެހައިކަންހާއިރުއެވެ. އަދި ހަމަނުޖެހުން ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބުމާއި ގުޅިގެން ފުލުހުންވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުންނާއި، ސީން އޮފް ކްރައިމް އޮފިސަރުން ވަނީ އެ އެޕާޓްމަންޓް ބަލައި ފާސްކޮށްފައެވެ. އަދި ވަނީ މައްސަލައާއި ގުޅިގެން ތަހުގީގަށް ބޭނުންވާނެ ހެކިތައް އެއްކޮށްފައެވެ. މީގެ ތެރޭގައި ބަނގުރާ ހުސްކޮށްފައި ހުރި ކަމަށް ބެލެވޭ ފުޅިތަކެއް ހިމެނޭކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މައްސަލައާއި ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާކަމަށް އެ އިދާރާއިން ބުނެއެވެ. ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އުމުރުން 26 އަހަރާއި 29 އަހަރުގެ ދެ އަންހެނުންނާއި، އުމުރުން 34 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
އަދި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން މަޢުލޫމާތުދެއެވެ.