Ads by Farudhun

ޚަބަރު

ދީނީ ހަމަތަކުގެ މަތިން ޢީދު ފާހަގަކުރި 11 ފަރާތަކަށް ހަނދާނީ ފިލާ އަރުވައިފި

ދީނީ ހަމަތަކުގެ މަތިން ޢީދު ފާހަގަކުރި 11 ފަރާތަކަށް ހަނދާނީ ފިލާ އަރުވައިފި

ޖަމްޢިއްޔަތުއްސަލަފުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ސަލަފު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 ޖޫން 2026، 04:48

27 ޖޫން 2026، 04:48

ޖަމްޢިއްޔަތުއްސަލަފުން މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގައި ދީނީ ހަމަތަކުގެ މަތިން ޢީދު ފާހަގަކުރި 11 ފަރާތެއް ހޮވައި އެ ފަރާތްތަކަށް ހަނދާނީ ފިލާ އަރުވައިފިއެވެ.

"ޢީދު އިމުގެ ތެރޭގައި" މި ނަމުގައި ސަލަފުން، ހިތްވަރުދިނުމުގެ ގޮތުން  މި އިނާމު ދޭން ފަށާފައިވަނީ 1446 ވަނަ އަހަރުއެވެ. އަދި މިއީ  ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު އުފާ ފާޅުކުރުމަށް ހިންގާ ޙަރަކާތްތައް ދީނީ ހަމަތަކުގެ މަތިން ކުރިއަށްގެންދާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަގްސަދުގައި ދޭން ފެށި އިނާމެއްކަން ފާހަގަކޮށްލެވެއެވެ.

ސަލަފް ޖަމްޢިއްޔާގެ ނައިބުރައީސް އައްޝައިހް މުޙައްމަދު ސަމީރާއި އެ ޖަމްޢިއްޔާގެ އިސްވެރިން ބައިވެރިވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ދާޚިލީ ސަލާމަތާ މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މާހިރު އީސާއެވެ.

ހަނދާނީ ފިލާ ލިބުނު ފަރާތްތަކުގެ ތެރޭގައި،  ރަށު ކައުންސިލްތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މި އިނާމު ލިބުނު ފަރާތްތަކަކީ:

  • އދ. މާމިގިލި ކައުންސިލް
  •  ލ. މާވަށް ކައުންސިލް
  •  ޖަމްޢިއްޔަތުލް ޤަލަމް
  • ޖަމްޢިއްޔަތު ރިސާލާ
  • އަލްބައްޔިނާ
  • އއ. ހިމަންދޫ ކައުންސިލް
  • ރ. ކިނޮޅަސް ކައުންސިލް
  • މ. ދިއްގަރު ކައުންސިލް
  • ސ. މަރަދޫ ޢީދު އޯގަނައިޒިންގ ކޮމިޓީ
  •  އަލްމާނާރު ޖަމިއްޔާ އަދި ފޭދޫ އަވަށު އޮފީސް
  • ބ. ހިތާދޫ އިރުމަތީ އަވަށް

މި އެވޯޑު ދިނުމުގައި،  މައިގަނޑު 8 ޝަރުތަކަށް ބަލާފައިވާއިރު، ކުރިމަތިލި 15 ފަރަތުގެ ތެރެއިން ޝަރުތު ހަމަވެ އެވޯޑު ލިބިފައިވަނީ 11 ފަރާތަކަށެވެ. 

ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަ، ޖަމްޢިއްޔަތުއްސަލަފުން ބުނީ، މި އެވޯޑުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގައި އިސްލާމީ އަޚުލާޤާއި ދީނީ އިމުގެ ތެރެއިން ޢީދު ފާހަގަކުރުމުގެ ރީތި އާދަ އަށަގަތުމަށް ބޮޑު ބާރަކަށްވެގެންދާނެ ކަމަށެވެ.  އަދި މިފަދައިން މި އެވޯޑު ދިނުމުގެ މައިގަނޑު މަޤުޞަދަކީވެސް، ޢީދު އުފާ ފާޅުކުރުމަކީ، ދީނީ ޝިޢާރަކަށްވުމާއެކު، މުންކަރާތްތަކުން ދުރުވެތިބެ، އިސްލާމްދީނުގެ ހުދޫދުގެ ތެރޭގައި އުފާފައުޅުކުރުމަށް ހިތްވަރު ދިނުން ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450