Ads by Farudhun

ޚަބަރު

ބަނގުރާ ގެންގުޅޭ ކަމުގެ ތުހުމަތުގައި ދެ ބިދޭސީން ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅޭ ކަމުގެ ތުހުމަތުގައި ދެ ބިދޭސީން ހައްޔަރުކޮށްފި

މައްސަލައިގައި ހައްޔަރުކުރި މީހުން. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 ޖޫން 2026، 12:46

28 ޖޫން 2026، 12:46

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ  އަލް ނޫމާން (31އ) އާއި ރަކީބުލް ހަސަން ޕަޕޫން  (20އ) އެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިންނެވެ. އަދި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ބަނގުރާ ފުޅި ފެނިފައިވާކަން ފުލުހުންވަނީ ހާމަކޮށްފައެވެ. 

މައްސަލައާއި ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ. ކޯޓުން ވަނީ  އަލް ނޫމާންގެ ބަންދަށް 5 ދުވަސް ޖަހާފައެވެ. އަދި ރަކީބުލް ހަސަން ޕަޕޫންގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން މަޢުލޫމާތުދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450