ޚަބަރު
ފާއިތުވި ހަފްތާގައި ކުއްލި ނުރައްކަލުގެ 15 ހާދިސާއެއް ރިޕޯޓްކޮށްފައިވޭ: އެމްއެންޑީއެފް
އެމްއެންޑީއެފްގެ ބޭފުޅުން. ފޮޓޯ: އިންޓަނެޓް
ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ 15 ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފް އިން ބުނެފައިވަނީ، މި މަހުގެ 21 އިން 27 ވަނަ ދުވަހުގެ ނިޔަލަށް ހިނގި މި ހާދިސާތަކުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އަލިފާނުގެ ހާދިސާތަކެވެ.
ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަލިފާނުގެ 9 ހާދިސާއަކާއި، އެއް ހަޒްމްތް ހާދިސާއަކާއި، އެއް ޑިޒާސްޓަރ އިންސިޑެންޓު ހިމެނެއެވެ. މީގެ އިތުރުން 2 ރެސްކިޔުއަކާއި، 2 މެޑިކަލް އިވެކުއޭޝަންގެ ހާދިސާ ވަނީ ހިނގާފައެވެ.
ވޭތުވެދިޔަ ހަފުތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ 15 ހާދިސާއަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރްއެސް)އިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވޭ. pic.twitter.com/YIiqwMbv44
— Maldives National Defence Force (@MNDF_Official) June 28, 2026
ސަރަހައްދީ ކޮމާންޑްތަކަށް ބަލާއިރު، އެންމެ ގިނަ ހާދިސާ ރިޕޯޓްކޮށްފައިވަނީ މާލެ އޭރިއާ ކޮމާންޑަށެވެ. އެއީ 12 ހާދިސާއެކެވެ. ބަކީ 3 ހާދިސާ ރިޕޯޓުކޮށްފައިވަނީ ސަދަން އޭރިއާ ކޮމާންޑަށެވެ.
މިހުރިހާ ހާދިސާއަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރްއެސް) އިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.