Ads by Farudhun

ޚަބަރު

އެސްޓީއޯއިން ފިލިޕްސްގެ ހާއްސަ ޕްރޮމޯޝަނެއް ބާއްވަނީ

އެސްޓީއޯއިން ފިލިޕްސްގެ ހާއްސަ ޕްރޮމޯޝަނެއް ބާއްވަނީ

އެސްޓީއޯ ޕީޕަލްސް ޗޮއިސް. ފޮޓޯ: ޕީއެސްއެމް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

01 ޖުލައި 2026، 11:18

01 ޖުލައި 2026، 11:18

ސްޓޭޓް ޓްރޭޑިންގް އޯގްނައިޒޭޝަން (އެސްޓީއޯ) އިން، ފިލިޕްސް ބްރޭންޑުގެ އޭސީތައް ތައާރަފުކުރުމާއި ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި އޭސީތަކަކީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވިގެންދިއުމާއި އެކު ތަޢާރަފުކުރެވުނު އެއް އުފެއްދުމެވެ. މި ފިލިޕްސް ސްޕްލިޓް ވޯލް-މައުންޓެޑް އޭސީތަކަކީ އިތުބާރު ހިފޭ، އާއްމު ގެތަކާއި އޮފީސް މާހައުލުތަކަށް އެކަޝޭނަ އަދި ސްމާޓް ކޫލިންގް ސިސްޓަމެއް ފޯރުކޮށްދޭ އުފެއްދުމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ. 

މި އޭސީތަކަކީ ޗައިނާގެ އުފެއްދުންތަކެއްކަމާއި، މިއީ ފެންވަރު ރަނގަޅު، ގިނަ ދުވަހު ގެންގުޅެވޭ އަދި އަވަހަށް ފިނިކޮށްދޭ، ހަމައެއާއެކު ބޭނުންކުރަން ނުހަނު ފަސޭހަ އޭސީތަކެއްކަމަށެވެ. އަދި މި އޭސީތަކަކީ ކަރަންޓް ހަރަދު އެހާމެ ކުޑަކޮށްދޭނެ އެސީތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އުފެއްދުން އިފްތިތާހުކުރެވިގެން ދިއުމާއި ގުޅިގެން، އެސްޓީއޯ ޖެނެރަލް ޓްރޭޑިންގްއިން، އާއްމުންނަށް ހުޅުވާލާފައިވާ ހާއްސަ ޕްރޯމަޝަން ކުރިއަށް ދާނީ 28 ޖޫން 2026 އިން 11 ޖުލައި 2026 ގެ ނިޔަލަށް 2 ހަފްތާ ދުވަހުގެ މުއްދަތަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ. 

ޕްރޮމޯޝަންގައި ފިލިޕްސް ބެރޭންޑުގެ އޭސީތައް ހާއްސަ ޑިސްކައުންޓް އަގުތަކެއްގައި ލިބިގެންދާނެއެވެ. އެގޮތުން ފިލިޕްސް އޭސީތަކުގެ 9،000 ބީޓީޔީ، 12،000 ބީޓީޔޫ، 18،000 ބީޓީޔޫ އަދި 24،000 ބީޓީޔޫގެ އޭސީ ތަކުން ރަނގަޅު ޑިސްކައުންޓެއް ލިބިގެންދާނެކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައި، ޚިދުމަތް ދޭން ފަށާފައި ވަނީ މި މަހުގެ ތެރޭގައެވެ. އަލަށް ހުޅުވުނު މި ފަންގިފިލާގައި ތަފާތު އެކި ބްރޭންޑުތަކުގެ އުފެއްދުންތައް ލިބޭއިރު، މި ބަދަލާއެކު ކަސްޓަމަރުންނަށް އެއް ފުރާޅެއްގެ ދަށުން ބޭނުންވާ ގިނަ ބާވަތްތަކެއް ފަސޭހަކަމާއެކު ލިބިގެންދާނެކަން އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450