Ads by Farudhun

ޚަބަރު

ޞިއްޙަތާއި ބެހޭ ވުޒާރާއިން ބޭއްވި "ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޓްރެއިނިންގް ޕްރޮގްރާމް" ނިންމާލައިފި

ޞިއްޙަތާއި ބެހޭ ވުޒާރާއިން ބޭއްވި "ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޓްރެއިނިންގް ޕްރޮގްރާމް" ނިންމާލައިފި

ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޓްރެއިނިން ޕްރޮގްރާމް ނިންމާލުމަށް ބޭއްވި ހަފްލާގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

01 ޖުލައި 2026، 11:53

01 ޖުލައި 2026، 11:53

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން، މޯލްޑިވްސް ރެޑް ކްރެސެންޓާއާއި ގުޅިގެން ބޭއްވި "ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޓްރެއިނިންގް ޕްރޮގްރާމް" ނިންމާލައިފިއެވެ.  

މި ޕްރޮގްރާމް ނިންމާލުމުގެ ގޮތުން އިއްޔަ ބޭއްވުނު ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު  ޤީލާ އަލީއެވެ. މިއީ ނަފްސާނީ އަދި އިޖްތިމާއީ ފުރަތަމަ އެހީ ބޭނުންވާ މީހުން ދެނެގަނެ، އެފަދަ ޙާލަތެއް ދިމާވެއްޖެނަމަ ނަފްސާނީ ފުރަތަމަ އެހީ ދިނުމުގެ ހުނަރުތައް އިތުރުކުރުމުގެ ގޮތުން، ޖޫން މަހުގެ 29 އިން 30 އަށް މާލޭގައި ކުރިއަށްގެންދިޔަ  ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ޖުމްލަ 25 ފަރާތަކުން ބައިވެރިވިއެވެ. އޭގެތެރޭގައި ކ. އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިވި ފަރާތްތަކާއި، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާއި،  މޯލްޑިވިއަން ބްލަޑް ސަރވިސަސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ހިމެނެއެވެ.



ސައިކޮލޮޖިކަލް ފަސްޓް އެއިޑް (ޕީއެފްއޭ) ގެ ބޭނުމަކީ  ކާރިސާގެ ވަގުތުގައި އަދި ކުއްލި ޙާލަތްތަކުގައި ނުވަތަ އޭގެ ފަހުން ނަފްސާނީ އުނދަގޫތައް ކުރިމަތިވާ ފަރާތްތަކަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމާއި ގުޅޭ ޢިލްމާއި އަމަލީ ހުނަރު ބައިވެރިންނަށް ދަސްކޮށްދިނުމެވެ. އެގޮތުން ނަފްސާނީ ފުރަތަމަ އެހީ ބޭނުންވާ މީހުން ދެނެގަންނާނެ ގޮތްތަކާއި ،  މިފަދަ ފަރާތްތަކަށް ނަފްސާނީ ފުރަތަމަ އެހީ ދެވޭނެ ޙާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ވެސް ބައިވެރިންނަށް ވަނީ ތަމްރީނުތައް ދެވިފައެވެ.

އަދި ހަމައެއާއެކު، ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ އަމިއްލަ ނަފްސާނީ ޞިއްޙަތަށް އަޅާލުމުގެ މުހިންމުކަމާއި، އަމިއްލަ ދުޅަހެޔޮކަމަށް އިސްކަންދޭނެ ގޮތްތަކާއި ގުޅޭގޮތުން ވެސް ބައިވެރިންނަށް ވަނީ މަޢުލޫމާތު ހިއްސާކުރެވިފައިކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450