ކުޅިވަރު

އެކަކު މަދުކޮށް ކުޅުނު އެމެރިކާއިން ބޮސްނިއާ ބަލިކޮށް ގަދަ 16 އަށް ދަތުރުކޮށްފި

އެކަކު މަދުކޮށް ކުޅުނު އެމެރިކާއިން ބޮސްނިއާ ބަލިކޮށް ގަދަ 16 އަށް ދަތުރުކޮށްފި

ގޯލަށް ފަހު އެމެރިކާގެ ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: ގެޓީއިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ޖުލައި 2026، 08:46

02 ޖުލައި 2026، 08:46

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އިން އެމެރިކާ ޖާގަ ހޯދައިފިއެވެ. އެމެރިކާއިން ޖާގަ ކަށަވަރުކުރީ މިއަދު ހެނދުނު ސެން ފްރެންސިސްކޯ ބޭ އޭރިއާގައި ކުޅުނު މެޗުގައި ބޮސްނިއާ އެންޑް ހެރްޒެގޮވީނާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މިއީ ވޭތުވެދިޔަ 24 އަހަރު ދުވަހުގެ ތެރޭގައި ވޯލްޑް ކަޕެއްގެ ނޮކައުޓް މަރުހަލާގެ މެޗަކުން އެމެރިކާ މޮޅުވި ފުރަތަމަ ފަހަރެވެ. މި ނަތީޖާއާއެކު ޔޫރަޕްގެ ގައުމުތަކާ ދެކޮޅަށް ޖެހިޖެހިގެން 10 މެޗުން ބަލިވެފައި އޮތް އޮތުމަށްވެސް މި ވަނީ ނިމުމެއް އައިސްފައެވެ.

ދެ ޓީމުގެ ފަރާތުން ވެސް އަވަސް ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް، ފޮލަރިން ބަލޯގަން ވަނީ ލަނޑެއް ޖަހައި އެމެރިކާއަށް ކުރިހޯދައިދީފައެވެ. ނަމަވެސް، ދެވަނަ ހާފުގައި ބޮސްނިއާގެ ތާރިކް މުހަރެމޮވިޗަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ބަލޯގަންއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއީ ގަސްތުގައި ކުރި ފައުލެއް ނޫން ނަމަވެސް، މެޗުގެ ބާކީ ބައި އެމެރިކާއިން ކުޅެން ޖެހުނީ އެކަކު މަދުކޮށެވެ.

އެމެރިކާގެ ސަޕޯޓަރުންގެ ފޯރިގަދަ ތަރުހީބާއެކު ކުޅުނު މި މެޗުގައި އެމެރިކާގެ ދެވަނަ ލަނޑު، މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ މަލިކް ޓިލްމަންއެވެ. މިއީ ހިތްގައިމު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. 

މީގެއިތުރުން މި މެޗުގައި އެމެރިކާގެ ކްރިސްޓިއަން ޕުލިސިކް އަދި ބަލޯގަން ޖެހި ލަނޑުތަކެއް ރަނގަޅު ނޫންކަމަށް ވެސް ރެފްރީ ނިންމާފައި ވެއެވެ.

ގަދަ 16 ގައި އެމެރިކާ ބައްދަލުކުރަން ޖެހޭނީ ބެލްޖިއަމްއާއެވެ. ބެލްޖިއަމް ގަދަ 16 އަށް ދަތުރުކުރީ ދެ ލަނޑުގެ ލީޑެއްގައި ސެނެގާލް އޮއްވާ، ފަހަތުން އަރައި 3-2 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450