Ads by Farudhun

ޚަބަރު

މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ގެއެއް 90 ދުވަހަށް ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއް

މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ގެއެއް 90 ދުވަހަށް ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއް

ގެ ބަންދުކުރުމުގެ ނޯޓިސް. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

02 ޖުލައި 2026، 10:50

02 ޖުލައި 2026، 10:50

އައްޑޫ ސިޓީ ހިތަދޫ "މައިލޯސިޓީ" ގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީ އެ ގެ ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ހާމަކުރިގޮތުގައި، މި އަމުރު ނެރެފައިވަނީ 1 ޖުލައި 2026 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަކަށް އެތަން ބަންދުކުރުމަށް އަމުރުގައިވެއެވެ. އަދި އެ ގެ ބަންދުކުރުމަށް މި އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީއާއި، މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް އެ ގެއިން ފޯރުކޮށްދެމުން ގެންދާތީ ކަމަށް ފުލުހުން ބުނެއެވެ.

އަދި އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިއުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫ އެރުމާއި ބަޔަކަށް ނުރައްކާ ކުރިމަތިވަމުން ދާ ކަމަށް އެ އަމުރުގައި ފާހަގަކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ނަންބަރު 2011/17 ގެ 2-156 ވަނަ މާއްދާގެ ދަށުން ނެރެވިގެންދިޔަ މިއަމުރަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ ތަނެއް ބަންދުކުރުމަށް އެ ކޯޓުން ނެރުނު ދެވަނަ އަމުރުކަން ފުލުހުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެ ގޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފާހަގަކުރެވިފައިވެ ކަމަށާއި، އަދި އެ ގެއާއި އެ ގެ ހިމެނޭ ސަރަހައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި، މީހުން ރަހީނުކުރުމާއި، ވައްކަން ކުރުން ފަދަ ޖިނާއީ ކުށްތައް ކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450