ކޮލަމް

ބަރުދަން ލުއިކުރާ އިންޖެކްޝަން އެކަނި ބޭނުންކޮށްގެން ބަރުދަން ލުޔެއް ނުވާނެ: ޑޮކްޓަރުން

ބަރުދަން ލުއިކުރާ އިންޖެކްޝަން އެކަނި ބޭނުންކޮށްގެން ބަރުދަން ލުޔެއް ނުވާނެ: ޑޮކްޓަރުން

ބަރުދަން ލުއިކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖުލައި 2026، 12:08

02 ޖުލައި 2026، 12:08

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ އިންޖެކްޝަންތަކަކީ ހަމައެކަނި އެ ބޭނުންކޮށްގެން ދާއިމީ ހައްލެއް ލިބޭނެ އެއްޗެއް ނޫން ކަމަށާއި، އޭގެ އެންމެ އެދެވޭ ނަތީޖާ ފެންނާނީ ދިރިއުޅުމުގެ އާދަކާޑުތަކަށް ގެންނަ ބަދަލުތަކާ އެކު ކަމަށް ތުރުކީގެ ކަރަޑެނިޒް ޓެކްނިކަލް ޔުނިވާސިޓީގެ ފަރާބީ ހޮސްޕިޓަލުގެ ޖެނެރަލް ޕްރެކްޓިޝަނަރ ޑރ. އަބްދުﷲ ކާން ކުރުތު ވިދާޅުވެއްޖެއެވެ.

ޑރ. ކުރުތު ވިދާޅުވި ގޮތުގައި ފަލަވުމުން މުވަތަ ބަރުދަން އިތުރުވުމުގެ މައްސަލައަކީ ހަމައެކަނި ސިފައަށް އަންނަ ބަދަލެއް ނޫން ކަމަށާއި، މިއީ އާންމު ސިއްހަތާ ގުޅިފައިވާ ދާއިމީ ބައްޔެކެވެ.

"ފަލަވުމުގެ މައްސަލައަކީ ހަމައެކަނި ރީތިވުމަށް ބަލާ ކަމެއް ނޫން. މިއީ ގިނަ ބަލިތަކެއްގެ އަސްލަށް ވެދާނެ، ނުވަތަ ބައެއް ފަހަރު މިކަމަކީ އިތުރަށް ގޯސްވަމުންދާ އާންމު ސިއްހީ މައްސަލައެއް،"

 އޭނާ ވިދާޅުވިއެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި އާބާދީގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުންނަކީ ބަރުދަން އިތުރުވެ، ފަލަވުމުގެ އުނދަގޫ ތަހައްމަލު ކުރަމުންދާ މީހުންނެވެ.

އިންޖެކްޝަންގެ މަސައްކަތާއި އޭގެ ބޭނުން
ބަރުދަން ލުއިކުރުމަށް ޖަހާ އިންޖެކްޝަންތަކުން ބަނޑުހައިވުން ކުޑަކޮށްދީ، ބަނޑު ހުސްވުން ލަސްކޮށްދިނުމުގެ އިތުރުން މެޓަބޮލިޒަމްއަށް ބަދަލުތަކެއް ގެނެސްދެއެވެ. ނަމަވެސް ޑރ. ކުރުތު ބާރުއެޅުއްވީ މިއީ ހަމައެކަނި މީހާގެ ބަރުދަނެ ލުއި ކުރުމަށް އެހީތެރިވެދޭ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމަށެވެ.

މި އިންޖެކްޝަންތައް ޖެހުމަށް ޑޮކްޓަރުން އާންމުކޮށް ލަފާދެނީ ބޮޑީ މާސް އިންޑެކްސް (BMI) 30 އަށް ވުރެ މަތި މީހުންނަށެވެ. ނުވަތަ ބީއެމްއައި 27 އަށް ވުރެ މަތިވެފައި، ލޭމަތިވުން ނުވަތަ ހަކުރުބަލި ފަދަ ސިއްހީ މައްސަލަތައް ހުންނަ މީހުންނަށެވެ. އެހެންނަމަވެސް، ހަމައެކަނި ތިން ހަތަރު ކިލޯއެއް ލުއިކޮށްލަން ބޭނުންވާ މީހުންނަށް މިއީ އެންމެ އެކަށީގެންވާ ފަރުވާއެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ދާއިމީ ހައްލަކީ ދިރިއުޅުމުގެ އާދަތައް
ޑރ. ކުރުތު ވިދާޅުވި ގޮތުގައި ބަރުދަން ލުއިކުރުމުގައި އެންމެ ފުރަތަމަ ސަމާލުކަން ދޭންޖެހޭނީ ރަނގަޅު ކާނާ ކެއުމަށާއި، ގަވާއިދުން ކަސްރަތު ކުރުމަށާއި، ނިދި ހަމަކުރުމަށެވެ. މީގެ އިތުރުން ގިނައިން ފެން ބުއިމާއި ސްޓްރެސް ކޮންޓްރޯލް ކުރުމަކީ މުހިންމު ކަންކަމެވެ. އިންޖެކްޝަން ޖެހުން ހުއްޓާލުމަށްފަހު އަލުން ބަރުދަން އިތުރުވުމަކީ އާންމު ކަމެއް ކަމަށާއި، އެކަން ދިމާވަނީ ދިރިއުޅުމުގެ އާދަތަކަށް ބަދަލު ނުގެނައުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ލުއިކުރާ ބަރުދަން އެއްމިންގަނޑެއްގައި ދެމެހެއްޓުމަށްޓަކައި މަސްތަކުގެ ބާރު (muscle mass) ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށާއި، މަސްތައް ހީނަރުވުމަކީ ހަށިގަނޑުން ހަކަތަ އަންދާ މިންވަރު ދަށްވެ، އަލުން ބަރުދަން އިތުރުވުމަށް މަގުފަހިވާ ކަމެއް ކަމަށް ވެސް ޑރ. ކުރުތު ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450