Ads by Farudhun

ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭ ފޭސް 1 އިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭ ފޭސް 1 އިން މީހަކު ހައްޔަރުކޮށްފި

މައްސަލައިގައއި ހައްޔަރުކުރި މީހާ. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

02 ޖުލައި 2026، 03:07

02 ޖުލައި 2026، 03:07

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލޭ ފޭސް 1 އިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކ.ތުލުސްދޫ / ވައިޓްރޯސް ، މުޙައްމަދު ޙަމްދާން (40އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު މަގުމަތީގައި ހުރި މީހެއްގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިކުރުމުގެ ތެރެއިންނެވެ.

މިދިޔަ މަހު 30 ވަނަ ދުވަހު  ހުޅުމާލެ ފޭސް 1 ގެ ފުލުހުން އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 24 ރަބަރު ޕެކެޓުވަނީ ފެނިފައި ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. އެތަކެތީގެ ވަގުތީ ބަރުދަނަކީ 2.95 ގުރާމެވެ. 

 މި މައްސަލަ އާ ގުޅިގެން އިތުރަށް އޭނާ ބަލައި ފާސްކުރިއިރު 2000 އަށް ވުރެ ގިނަ ދިވެހި ފައިސާ ވެސް އޭނާ ގެ އަތުން ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ އާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ  ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. 

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން މަޢުލޫމާތު ދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450