Ads by Farudhun

ޚަބަރު

އައްޑޫ ސިޓީ ހިތަދޫގެ ފަޅުގޯއްޗެއްގައި ހުރި ކޮންޓެއިނަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އައްޑޫ ސިޓީ ހިތަދޫގެ ފަޅުގޯއްޗެއްގައި ހުރި ކޮންޓެއިނަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އައްޑޫ ސިޓީ ހިތަދޫގެ ފަޅުގޯއްޗެއްގައި ހުރި ކޮންޓެއިނަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

04 ޖުލައި 2026، 11:03

04 ޖުލައި 2026، 11:03

 އައްޑޫ ސިޓީ ހިތަދޫ، ސަހަރާ މިސްކިތް ކުރިމަތީ ހުންނަ ފަޅުގޯއްޗެއްގައި ހުރި ކޮންޓެއިނަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވިގޮތުގައި، މި ހާދިސާގެ މައުލޫމާތު  އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބިފައިވަނީ ރޭ ދަންވަރު 2:50 އެހާކަންހާއިރުއެވެ. ހާދިސާގެ ރިޕޯޓު  އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސްފައިކަމަށް އެމްޑިއެފުން ވިދާޅުވެއެވެ. 

އަދި ވަގުތުން އެ ސަރަހައްދުގައި އަލިފާން ނިއްވާލުމުގެ މަސައްކަތްކޮށްފައިވާ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން އަލިފާންގަނޑު ނިއްވާލުވުނީ ފަތިހު 4:21 އެހާކަންހާއިރު ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.



މިއީ ކިހިނެއް ހިނގާފައިވާ ހާދިސާއެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއްނުވެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ލިބިފައިނުވާކަން އެ އިދާރާއިން ހާމަކުރެއެވެ.  

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450