Ads by Farudhun

ޚަބަރު

2 ޖުލައިގެ ނިޔަލަށް މަސްކިރުވި ދޯނިތަކަށް 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

2 ޖުލައިގެ ނިޔަލަށް މަސްކިރުވި ދޯނިތަކަށް 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މަސްބާނަނީ. ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

05 ޖުލައި 2026، 04:28

05 ޖުލައި 2026، 04:28

2 ޖުލައިގެ ނިޔަލަށް މިފްކޯއިން މަސްކިރުވި ދޯނިތަކަށް 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އޭގެ ތެރޭގައި މިފްކޯއަށް ކިރުވާ ކަންނެލީގެ ފައިސާ ވެސް ހިމެނޭކަމަށާއި، މި ފައިސާ ޖަމާކޮށްފައިވަނީ 4 ޖުލައި 2026 ގައި ކަން މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. 

ކަޅުބިލަމަހާއި ކަންނެލި މަސްދޯނިތައް ހިމެނޭހެން ޖުމްލަ 17 ދޯންޏަކުން މަސްކިރުވާފައިވާއިރު، މި ދޯނިތަކަށް ދޫކޮށްފައިވަނީ ޖުމްލަ 1،397،565 ރުފިޔާއެވެ.

އެއީ ކަޅުބިލަ މަސް ކިރުވި 15 ދޯންޏަކަށްވާ 1،352،995 ރުފިޔާއާއި، 2 ދޯންޏަކުން ކިރުވި 10 ކިލޯއިން މަތީގެ ކަންނެއްޔަށްވާ 10،320 ރުފިޔާގެ އިތުރުން، 2 ދޯންޏަކުން ކިރުވި 15 ކިލޯއިން މަތީގެ ކަންނެއްޔަށްވާ 34،250 ރުޔިޔާއެވެ. 

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމާއި، މީގެއިތުރަށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީ ވެސް ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ވުޒާރާއިން ފާހަގަކުރެއެވެ.

އަދި ހަމައެއާއެކު، މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށާއި،  މަސްވެރިންގެ އަތުން މަސް ގަންނަ އަގު ރަނގަޅުކުރުމަށް މިފްކޯއިން ކުރި މަސައްކަތުން މިހާރު ވަނީ މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފައިކަން ވުޒާރާއިން އިތުރަށް ފާހަގަކުރައްވައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450