Ads by Farudhun

ޚަބަރު

ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ނިވާ ކުރުނބާ މޯލްޑިވްސް. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

05 ޖުލައި 2026، 07:23

05 ޖުލައި 2026، 07:23

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި ވޯލްޑް ގްރީން އިކޮނޮމީ އޯގަނައިޒޭޝަން އަދި އޭއޯއެސްއައިއެސް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ "ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 29 ވަނަ ދުވަހާއި 31 ވަނަ ދުވަހު ނިވާ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ހާމަކުރެއެވެ. 

އަދި މިއީ  އޭޝިއާ-ޕެސިފިކް ސަރަހައްދުގައި ދެމެހެއްޓެނިވި އަދި ވަރުގަދަ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ބޭނުންވާ މުހިންމު  ސްޓްރެޓެޖީތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަޤްސަދުގައި ބާއްވާ ފޯރަމެއް ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.

ފޯރަމުގެ ސަބަބުން، ސަރުކާރުގެ އިސްވެރިންނާއި، ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި، މާލީ މުއައްސަސާތަކާއި، އެކި ކަހަލަ އުފެއްދުންތެރިންނާއި، އަދި އަމިއްލަ ކުންފުނިތައް އެއްތަނަކަށް ޖަމާވެ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެއްޓަށް ވަމުންދާ ގެއްލުންތަކާމެދެ ފިޔަވަޅުތައް އަޅާނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.

ފޯރަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ވުޒާރާއިން ހަމަޖައްސާފައިވާ ލިންކަށް ޒިޔާރަތްކޮށްގެން ރަޖިސްޓަރވުމަށް ފޯމު ހުށައެޅޭނެއެވެ. ނުވަތަ ކިޔުއާރް ކޯޑު ސްކޭންކޮށްގެން ރެޖިސްޓަރކުރެވޭނެއެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450