ޚަބަރު
ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ތައްޔާރުވެއްޖެ
ސޯލާޕެނަލް. ފޮޓޯ: އިންޓަނެޓް
ދިވެހިރާއްޖޭގެ ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "އެސްޕަޔަރ އެންޑް އެރައިޒް" މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވުފައިވާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
މި ބިޔަ މަޝްރޫޢަކީ ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ވެސް މުހިންމު ބައެއްކަމަށް ވުޒާރާއިން ބުނެއެވެ. އޭގެއިތުރުން މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހަކަތަ އުފެއްދުމަށް ކުރާ ޚަރަދު ކުޑަވެ، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުވުމަށް ބޮޑު ބާރަކަށް މިކަން ވެގެންދާނެކަން ވުޒާރާއިން ފާހަގަކުރެއެވެ.
އަދި މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ރަށްތަކުގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ޤާއިމުކުރެވިގެންދާނެއެވެ. އޭގެ ސަބަބުން ރާއްޖެއަށް ބޭރުން އެތެރެކުރާ ތެލަށް ކުރާ ބޮޑު ހޭދަ ސަލާމަތް ކުރެވި، އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވޭކަމަށް ވުޒާރާއިން ބުނެއެވެ.
އިޔާދަކުރަނިވި ހަކަތައިގެ ސަބަބުން ދުނިޔެއަށް ދޫކުރެވިގެންދާ ވިހަގޭސްތައް މަދުކުރެވި، ތިމާވެށި ހިމާޔަތްތެރިކަމާއެކު ބޭއްވުމަށް މަގުފަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން ހަކަތައަށް ކުރާ ހޭދަ ދިގު މުއްދަތަކަށް ކުޑަވެގެންދާނެއެވެ.
The Ministry's ASPIRE and ARISE Projects intend to establish more than 50 megawatts of renewable energy generation across the Maldives' 24 islands. The project will significantly contribute to the nation's goal of reducing fossil fuel dependency, accelerating toward the… pic.twitter.com/1NASvPbKDI
— Min. of Climate Change, Environment and Energy, MV (@MoEnvmv) July 5, 2026
އަދުގެ ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރު ނިމެންވާއިރަށް، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުންކަން ފާހަގަކުރައްވާ ވުޒާރާއިން ބުނީ މި ފެށިގެންދާ މަޝްރޫޢަކީ އެ އަމާޒަށް ވާޞިލްވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.