Ads by Farudhun

ޚަބަރު

މަސްތުވާތަކެއްޗާއެކު މުރައިދޫން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު މުރައިދޫން ދެ މީހަކު ހައްޔަރުކޮށްފި

މައްސަލައިގައި ހައްޔަރުކުރި މީހުން. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

06 ޖުލައި 2026، 12:29

06 ޖުލައި 2026، 12:29

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، ހއ. މުރައިދޫން ދެ މީހަކު ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، މުރައިދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ބަލައިފާސްކުރުމުގެ އަމުރެއްގެ ދަށުން، މުރައިދޫގެ ގެއެއް ބަލައިފާސްކުރުމަށްފަހުގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން 2026 ޖުލައި 05 ވަނަ ދުވަހުގެ ހެނދުނު 08:10 އެހައިކަންހާއިރު ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ: 

  • ހއ. މުރައިދޫ / ކިނާރާ، މުޙައްމަދު ޢާޝިރު (35އ) 
  • ހއ. މުރައިދޫ / ވެނީލާގެ، މުޙައްމަދު ޒައިން ޙަސަން (19އ) އެވެ.

މި މީހުން ތިބި ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 4 ސެލޯފިންކޮޅު ފެނިފައިވެއެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 4.5 ގުރާމެވެ.

މި މައްސަލަ އާ ގުޅިގެން އެމީހުންގެ  ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ. އަދި ކޯޓުން ވަނީ  ދެ މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.



މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން މަޢުލޫމާތު ދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450