Ads by Farudhun

ޚަބަރު

ފުޑް ކޯޓުތަކުގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރި 27 ބިދޭސީއަކު ހައްޔަރުކޮށްފި

ފުޑް ކޯޓުތަކުގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރި 27 ބިދޭސީއަކު ހައްޔަރުކޮށްފި

ރެއިޑްގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

06 ޖުލައި 2026، 04:40

06 ޖުލައި 2026، 04:40

ފުޑް ކޯޓުތަކުގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރި 27 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކުގައި މަސައްކަތް ކުރަމުންދިޔަ މި ބިދޭސީން ހައްޔަރުކޮށްފައިވަނީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި މޯލްޑިވްސް އިމިޤްރޭޝަނުން ގުޅިގެން  ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ. 

އިމިގްރޭޝަނުން ރޭ މި ސަރަހައްދު ރެޑްކޮށްފައިވަނީ އެތަނުގައި ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހަރަކާތްތެރިވާކަން ފާހަގަކުރެވުމާއި ގުޅިގެނެވެ. އަދި މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 27 މީހެކެވެ.

ސަރުކާރާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް  ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި މަސައްކަތްތަކުގެ ދަށުން ދަނީ ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.

އެގޮތުން، ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ފާހަގަކޮށްލެވެއެވެ. މި އޮޕްރޭޝަނުގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު  ވަނީ އެއްކޮށްފައެވެ.  އަދި އަންނަ އަހަރުން ފެށިގެން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ، އިތުރު ފުރުސަތަކާއި ނުލާ ވަގުތުން  ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވިދާޅުވެފައިވާކަން ވުޒާރާއިން ފާހަގަކުރެއެވެ. އަދި މި މަސައްކަތް  ކުރިއަށް އޮތް 6 މަސް ދުވަހު ކުރިއަށްދާނެކަން ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އޮޕަރޭޝަން ކުރަނގީގެ ފޭސް ތިނެއްގައި ކުރިއަށްދާނީ 2895 މީހުން ހޯދައި، އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތާއި، ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ޑީޕޯޓު ކުރުމާއި، ސައްޚަ ވޯކްޕާމިޓާއި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތް ކަމަށް ވުޒާރާއިން ބުނެއެވެ.

އަދި ހަމައެހެންމެ، ވިޔަފާރިތަކުގަ މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ މުއްދަތު ހަމަވުމުގެ ކުރިން ދެއްކުމަށް ޓަކައި ބާރުއެޅުމަށް، އެ ފަރާތްތަކަށް އެކަން އަންގައިދީ، އެ ފީ ދައްކުމަށް ލުއި ފަސޭހަ އިންތިޒާމުތަކެއް މި ފޭސްގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް ވެސް ވުޒާރާއިން ބުނެއެވެ.

މިއީ ދިވެހި ވިޔަފާރިވެރިން ގެންގުޅޭ ބިދޭސީ މަސައްކަތްތެރިން، ޤަވާއިދުގެ ތެރޭއިން މަސައްކަތް ކުރުމަށް ލިބިގެންދާ ހިތްވަރަކަށް ވެގެންދާނެކަން ވުޒާރާއިން ފާހަގަކުރެއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450