Ads by Farudhun

ޚަބަރު

ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ފުލުހުން ދެ މީހަކު ހައްޔަރުކޮށްފި

ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ފުލުހުން ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުން ހައްޔަރުކުރި 2 މީހުން. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

08 ޖުލައި 2026، 11:23

08 ޖުލައި 2026، 11:23

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 2 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ، ޖުލައި މަހުގެ 6 ވަނަ ދުވަހު މާލެއާއި ހުޅުމާލޭގައި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި  މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައެވެ. 

ހައްޔަރުކުރެވުނު ދެ މީހުންނަކީ:

  • ދަފްތަރު. ނަންބަރު ދރ 071 / މާލެ، ފަތުޙު އާދަމް ޙަސަންފުޅު (44އ) 
  • ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާހު އަލްތަބުރް ރަޙްމާން (31އ) 

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ވަނީ ހާޒިރުކުރެވިފައެވެ. އަދި ކޯޓުން ވަނީ މި ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައެވެ.



މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންގެންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަދި އެއާއެކު، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށާއި މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ރައްކާތެރިކޮށް ސަލާމަތްކުރުމަށް ކާމިޔާބު ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންދާކަމާއި، މިކަމަށް ޓަކައި ގިނަ މަސައްކަތްތަކެއް އެ އިދާރާއިން ކުރަމުންދާކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450