Ads by Farudhun

ޚަބަރު

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ކުޅުދުއްފުށިން 4 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ކުޅުދުއްފުށިން 4 މީހަކު ހައްޔަރުކޮށްފި

ހައްޔަރުކުރެވުނު މީހުން. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

08 ޖުލައި 2026، 04:12

08 ޖުލައި 2026، 04:12

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ކުޅުދުއްފުށިން 4 މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.

މި މީހުން ހައްޔަރުކުރެވިފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. 

މި ދެ އޮޕަރޭޝަންގެ ތެރެއިން މި ޖުލައި މަހުގެ 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނަކީ  އެ މީހުންތިބި ގެސްޓްހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާތީ ހައްޔަރުކުރި ދެ މީހުންކަމަށްވާއިރު، މި މީހުންގެ އަތުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 3.9 ގުރާމެވެ.

މި ދެ މީހުންނަކީ: 

  • ހދ. ކުޅުދުއްފުށި / ލޭކޮކާ، ޙަސަން އިބްރާހީމް (27އ)
  • ހދ. ކުޅުދުއްފުށި / ކަގި، ފާޠިމަތު ޢަލީ (32އ) 

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޙަސަން އިބްރާހީމްގެ ބަންދަށް 10 ދުވަސް އަދި  ފާޠިމަތު ޢަލީގެ ބަންދަށް 3 ދުވަސް ޖަހާފައެވެ.

ފުލުހުންގެ އަނެއް އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށް،  އެ މީހުން އެވަގުތު ތިބި ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ވަނީ ފެނިފައެވެ. މި  ތަކެތީގެ ވަގުތީ ބަރުދަނަކީ 14.06 ގުރާމެވެ.

މި ދެ މީހުންނަކީ: 

  • ހދ.ކުޅުދުއްފުށި / އެނީޒާ، އާދަމް މުޙައްމަދު (42އ)
  • ހދ. ކުޅުދުއްފުށި / ހުވަފެނީއައްސޭރި، އަޙްމަދު އިސްމާޢީލް (33އ) 

މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުން ވެސް 8 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.



މި ދެ މައްސަލަ ވެސް ތަހުގީގުކުރަމުންގެންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450