ޚަބަރު
ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއު ބާރުމިނުގައި ކުރިއަށްދަނީ
މަޝްރޫއުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ގދ. ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއު ބާރުމިނުގައި ކުރިއަށްދަކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އައު ބަނދަރު ކޮނުމުގެ މަސައްކަތާއި، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްތައް ކަމަށެވެ.
Project Update: Design and Build of Harbor Upgrade works and Boat Beaching area at Gdh. Faresmathoda
— MTCC Plc (@MTCCPlc) July 8, 2026
Dredging of new harbor basin and dredging of sand filled breakwater outer revetment operations are ongoing.
Follow more updates at: https://t.co/SfVAzkW2pp #MTCCProjects… pic.twitter.com/CZ6oQXQ44B
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 03 މާރިޗު 2026 ވަނަ ދުވަހު، ޖުމްލަ 226.18 މިލިއަން ރުފިޔާއަށް 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން، 465،726 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 300 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 733 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން، 1462 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން 133 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓާއި، 329 މީޓަރުގެ ގްރޮއިން ޖެހުމާއި، 9206 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން 6 މީޓަރު ދިގު 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މަޝްރޫއުގެ ސަބަބުން، އެ ރަށަށް އުޅަނދުފަހަރުތައް އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ލިބި، މުދާ ބަރުކުރުމާއި ލަފައިފުރުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.