Ads by Farudhun

ޚަބަރު

ތިމާވެށްޓާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ތިލަދުންމައްޗަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ތިމާވެށްޓާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ތިލަދުންމައްޗަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

09 ޖުލައި 2026، 09:37

09 ޖުލައި 2026، 09:37

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ނިޒާމްގެ އިސްނެންގެވުމުގެ ދަށުން، އެ ވުޒާރާގެ ކުނި މެނޭޖުކުރުމާއި ތަޣައްޔަރުވުން ކޮންޓްރޯލްކުރުމާ ބެހޭ ދާއިރާގެ ޓީމަކުން، ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ދަތުރުފުޅުގައި އެ ޓީމުންވަނީ ހއ. ދިއްދޫ އާއި ހއ. މުރައިދޫގައި ގާއިމުކުރަމުންދާ ރަށު ފެންވަރުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި އެ ބޭފުޅުންވަނީ  ހދ. ހަނިމާދޫގައި ހުންނަ ކުނި މެނޭޖުކުރާ މަރުކަޒު އިތުރަށް ތަރައްޤީކޮށް އަޕްގްރޭޑް ކުރުމަށް ޓަކައި ބޭނުންވާ ސައިޓް އެސެސްމަންޓާއި ޕްރޮޖެކްޓް ސްކޯޕިންގްގެ މަސައްކަތް ކުރިއަށް ގެންދަވާފައެވެ.

ޑެޕިއުޓީ މިނިސްޓަރު ނިޒާމް ވަނީ މި ޓީމާއެކު އެ ރަށްރަށުގެ ކައުންސިލްތަކާ  މި ޒިޔާރާތުގެ ދަށުން ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ގާއިމުކުރެވޭ ކުނި މެނޭޖުކުރުމުގެ އިންފްރާސްޓްރަކްޗާތައް ވީހާވެސް އަވަހަށް ރޭވުންތެރިކަމާއެކު ބޭނުންކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ކަމަށް ވުޒާރާއިން ބުނެއެވެ.



އޭގެ އިތުރުން، ރަށްރަށުގައި  ކުނި މެނޭޖުކުރުމަށް ދެވޭ  ޚިދުމަތްތައް ހަރުދަނާކުރުމާއި، މި ރަށްތަކަކީ ތިމާވެށީގެ ގޮތުން ރައްކާތެރި، ފެހި އަދި ދެމެހެއްޓެނިވި ރަށްތަކަކަށް ހެދުމަށް މުޖުތަމައުގެ ފަރާތުން ލިބޭ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ބައްދަލުވުންތަކުގައި އަލިއަޅުވާލައްވާފައިވާ ކަމަށް ވެސް ވުޒާރާއިން ބުނެއެވެ.

މި ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ތިމާވެށި ހިމާޔަތްކޮށް، ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށްދިޔަ ދަތުރުފުޅަކަށްވީއިރު، މިއީ  އަތޮޅުތެރޭގެ ރަށްރަށުގެ ތިމާވެށީގެ ހާލަތު ރަނގަޅުކުރުމަށް ޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ވުޒާރާއިން ސިފަކުރައްވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450