Ads by Farudhun

ޚަބަރު

ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ 5 މީހަކަށް ފަރުވާދެނީ

ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ 5 މީހަކަށް ފަރުވާދެނީ

އެކްސިޑެންޓްވި ލޯންޗު--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 ޖުލައި 2026، 09:36

10 ޖުލައި 2026، 09:36

ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ 5 މީހަކަށް ފަރުވާދެމުންދާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ، ކަނޑުމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް މާލެ، ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަމާ ކައިރިކޮށްފައިވާ ކަމުގެ މައުލޫމާތު، އެ އިދާރާއަށް 9 ޖުލައި 2026 ވަނަ ދުވަހުގެ ރޭ 21:16 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

​މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ކަނޑުމަތިން ދެ އުޅަނދެއް ޖެހި ހިނގި މި އެކްސިޑެންޓްގައި ހިމެނޭ އަނެއް ކަނޑުއުޅަނދު އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވި 5 މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި، ދިވެހި ފިރިހެނެކެވެ.

އަދި ފުލުހުންގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ކަމަށް އެ އިދާރާއިން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450