ޚަބަރު
ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ
ތަކެތީގެ ވެރިފަރާތް ހޯދުން ފޮޓޯ: ޕޮލިސް
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ކުރަމުންނެވެ.
ފުލުހުން ބުނެފައިވަނީ މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެތި ކަމަށެވެ.
މާފަންނު ޕޮލިސް ސްޓޭޝަން
މި ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ތެރޭގައި ޖޫން މަހުގެ 30 ވަނަ ދުވަހު، ގްރީން ބިލްޑިންގ ކައިރިން ހޮވައިގެން ގެނެސްފައިވާ ދެ ކަރުދާސްރީމްގެ ވެރިފަރާތުން ފުލުހުންގެ ނަންބަރު 9660183 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަން
މި ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ތެރޭގައި، ޖޫން މަހުގެ 30 ވަނަ ދުވަހު ބޮޑުތަކުރުފާނުމަގުން އެމްއެންޑީއެފް ގަރާޖު ކައިރިން ހޮވައިގެން ގެނެސްފައިވާ ޓޫލްސްތަކަކާއި، ހަމަ އެ ދުވަހު ކޯރުކެނޑިމަގުން ހޮވައިގެން ގެނެސްފައިވާ 15 ޑޮލަރު ހިމެނެއެވެ. އަދި ޖުލައި 7 ވަނަ ދުވަހު ހިލާލީމަގުން ހޮވައިގެން ގެނެސްފައިވާ މޯޓަރެއް ވެސް ހިމެނެއެވެ. މި ތަކެތީގެ ވެރިފަރާތުން ފުލުހުންގެ ނަންބަރު 9631696 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.
ހެންވޭރު ޕޮލިސް ސްޓޭޝަން
މި ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ތެރޭގައި، ޖުލައި މަހުގެ 1 ވަނަ ދުވަހު ބީއެމްއެލް ހެޑް އޮފީސް ކައިރިން ހޮވައިގެން ގެނެސްފައިވާ 190 ރުފިޔާ ހިމެނޭއިރު، މި ތަކެތީގެ ވެރިފަރާތުން ފުލުހުންގެ ނަންބަރު 9660183 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ވިލިމާލެ ޕޮލިސް ސްޓޭޝަން
މި ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ތެރޭގައި، ޖުލައި މަހުގެ 2 ދުވަހު ވ. ހަވާސް ގޭތެރޭގައި ބަހައްޓާފައިހުރި ވެރިއަކުނެތް، މިދިލިއޮށް ފޮށިގަނޑެއް ހިމެނޭއިރު، މި ތަކެތީގެ ވެރިފަރާތުން ފުލުހުންގެ ނަންބަރު 9833000 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
އެއާޕޯޓް ޕޮލިސް ސްޓޭޝަން
މި ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ތެރޭގައި، ޖުލައި މަހުގެ 2 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް ޓާމިނަލް 2 ކައިރިއަށް ދަތުރުކުރި ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ތަޅުދަނޑިފައްޗެއް ހިމެނޭއިރު، މި ތަކެތީގެ ވެރިފަރާތުން ފުލުހުންގެ ނަންބަރު 9400056 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުމަށް އެ އިދާރާއިން އެދެއެވެ.
މި ތަކެތީގެ ވެރިފަރާތްތަކުން ގުޅުއްވާ އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާ ކުރުމަށްފަހު، ކާކުކަން އެނގޭނެ ލިޔުމަކާއެކު ކަމާގުޅޭ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން ވަނީ އަންގާފައިވެއެވެ.