Ads by Farudhun

ޚަބަރު

ހިމަންދޫގައި "ޓުގެދަރ ފޯރ ސޭފް ޓޫރިޒަމް" ގެ ނަމުގައި ފުލުހުން ހަރަކާތެއް ބާއްވައިފި

ހިމަންދޫގައި "ޓުގެދަރ ފޯރ ސޭފް ޓޫރިޒަމް" ގެ ނަމުގައި ފުލުހުން ހަރަކާތެއް ބާއްވައިފި

މި ހަރަކާތުގެ ތެރެއިން / ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 ޖުލައި 2026، 09:20

12 ޖުލައި 2026، 09:20

އއ. ހިމަންދޫގައި "ޓުގެދަރ ފޯރ ސޭފް ޓޫރިޒަމް" ގެ ނަމުގައި ހޭލުންތެރިކުރުވުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ. 

މިއީ، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ރަށުގެ ސަގާފަތަށް ކުރާ އިޙްތިރާމް އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ފުލުހުން ބުނެއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، މި ހިނގާ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ. މި ހަރަކާތުގެ ދަށުން ފުލުހުންވަނީ އެ ރަށުގައި ހިންގާ ގެސްޓު ހައުސްތަކަށާއި އެކްސްކާޝަން ސެންޓަރުތަކަށް ފުލުހުން ވަނީ ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ސަލާމަތީ ކަންކަމާއި، ރަށުގެ އިޖުތިމާއީ މިންގަނޑުތަކަށް ހޭލުންތެރިކުރުވުމުގެ މައުލޫމާތު ހިއްސާކޮށްފައިކަމަށް އެ އިދާރާއިން ބުނެއެވެ.

މައިގަނޑު ގޮތެއްގައި މި ހަރަކާތުގައި އަލިއަޅުވައިލާފައިވަނީ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށާއި، އެގޮތުން، ފަތުރުވެރިން ރަށުތެރޭގައި އުޅޭއިރު ހެދުން އެޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ފަތުރުވެރިން އެކަނި މޫދަށްދާ ހާލަތްތަކުގައި އެކަން ގާތުން ބެލެހެއްޓުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ފުލުހުން ވަނީ ފޯރުކޮށްދީފައި ކަމަށް އެ އިދާރާއިން ބުނެއެވެ.



މީގެ އިތުރުން،  އެކްސްކާޝަންތަކަށް ފަތުރުވެރިން ގެންދާއިރު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށާއި، ހާއްސަކޮށް މޫސުން ގޯސްވާ ދުވަސްވަރު އަމަލުކުރަންޖެހޭ އުސޫލުތަކަށް ސަމާލުވުމާ ގުޅޭ އިރުޝާދުތައްދިނުމަށާއި،  ޑައިވިންގ ފަދަ ހަރަކާތްތައް ހިންގުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކުގެ ތެރެއިން އަމަލުކުރުމަށާއި، ފަތުރުވެރިން ރަށުތެރޭގައި އުޅޭއިރު ހިފަހައްޓަންޖެހޭ އުސޫލުތައް އެ ފަރާތްތަކަށް ރަނގަޅަށް ބުނެދިނުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ. އަދި ހަމައެހެންމެ، ފުލުހުންވަނީ ތުރުވެރިން ޗެކިންގވާ ވަގުތު ދެވޭ ބްރީފިންތަކުގައި މި ހުރިހާ މައުލޫމާތެއް ހިމަނައި، ފުރިހަމަ މައުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް ގެސްޓު ހައުސްތަކުގެ ވެރިންނަށް ލަފާދީފައިވެއެވެ. 

ރާއްޖެ އަންނަމުންދާ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ފުލުހުން ބާއްވާ މިފަދަ ހަރަކާތްތަކުގެ ސަބަބަން، ފަތުރުވެރިންގެ ސަލާތްމަތާއި ރައްކާތެރިކަން ކަށަވަރުވެގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450