Ads by Farudhun

ޚަބަރު

އިންޑޮނޭޝިއާގެ ހަލާލް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިތަކަށް

އިންޑޮނޭޝިއާގެ ހަލާލް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިތަކަށް

ކުރިން ބޭއްވުނު އެކްސްޕޯއެއްގެ ތެރެއިން. ފޮޓޯ: ހަލާލް އިންޑޯ އެކްސްޕޯގެ ވެބްސައިޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 ޖުލައި 2026، 04:09

12 ޖުލައި 2026، 04:09

2018 ވަނަ އަހަރުން ފެށިގެން އިންޑޮނޭޝިއާގައި ބާއްވަމުން އަންނަ "ހަލާލް އިންޑޯ އެކްސްޕޯ" ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.

އިގުތިސާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިކަން އިއުލާނު ކުރައްވަމުން ވިދާޅުވީ، އިންޑޮނޭޝިއާއިން ބާއްވާ ހަލާލް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް  ހުޅުވާލެވިފައިވާކަމުގެ މައުލޫމާތު އިންޑޮނޭޝިއާގެ ސަރުކާރުން އެ ވުޒާރާއާއި ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި މި އެކްސްޕޯގައި ބައިވެރިވުމުގެ ދައުވަތު ރާއްޖޭގެ ކުންފުނިތަކާއި، ސިނާއީ ފަރާތްތަކަށް އެކްސްޕޯ އިންތިޒާމުކުރާ ފަރާތުން އަރުވާފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ހަލާލް އިކޯސިސްޓަމްއެއް މެދުވެރިކޮށް، ދުނިޔޭގެ ހަލާލު ވިޔަފާރީގެ ސިނާއަތް ކުރިއެރުވުމާއި، ހަލާލު ސިނާއަތުގެ ހަރަކާތްތެރިވާ ފަރާތްތަކާއި، ގަންނަ ފަރާތްތަކާއި، އިންވެސްޓަރުންނާއި، ސަރުކާރުގެ ސްޓޭކްހޯލްޑަރުންގެ މެދުގައި ބައިނަލްއަޤްވާމީ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަގްސަދުގައި ބާއްވާ މި އެކްޕޯ ކުރިއަށްދިއުމަށް ހަމަޖެހިފައިވަނީ، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 އިން 27 އަށް އިންޑޮނޭޝިއާގެ ޓަންގަރަންގްގައެވެ.



މީގެ އިތުރުން، އެކްސްޕޯގެ ތެރެއިން، ކާބޯތަކެއްޗާއި ބުއިންތަކާއި، ސިއްހީ ފަރުވާ، ބޭސް، ފެޝަން، ފަތުރުވެރިކަން، މެހެމާންދާރީ، ތަޢުލީމު، އަދި ދިރިއުޅުމުގެ ވައްޓަފާޅި ފަދަ ދާއިރާތަކުގެ ތެރެއިން އައު އުފެއްދުންތަކާއި އުފެދިފައިވާ ޓްރެންޑްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ވުޒާރާއިން ބުނާގޮތުގައި، މި އެކްސްޕޯގެތެރެއިން ވިޔަފާރިވެރިން ގުޅުވައިދިނުމަށް 'ބިޒްނަސް މެޗިންގ' ފޯރަމްތަކާއި، ކޮންސަލްޓޭޝަން އަދި އިންޑަސްޓްރީ އެންގޭޖްމަންޓް ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި އެކްސްޕޯގައި ބައިވެރިވުމަށް ބޭނުންވެލައްވާ ފަރާތްތަކުން، މައުރަޒުގެ ރަސްމީ ވެބްސައިޓް www.halalindo.com އަށް ޒިޔާރާތްކުރައްވާ އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރެއްވުމަށްފަހު، އެ މައުލޫމާތު، [email protected] އަށް މެއިލް ކުރެއްވުމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ ވަނީ އެދިފައެވެ. އަދި މި އެކްސްޕޯއާއި ގުޅޭ އިތުރު މައުލޫމާތު އިސްވެ ދެންނެވުނު ވެބުސައިޓު މެދުވެރިކޮށް ލިބޭނެ ކަމަށް ވެސް ވުޒާރާއިން ވަނީ ބުނެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450