Ads by Farudhun

ޚަބަރު

އޮޑިހަރުގެއަކާއި ގުދަނަކުން ވައްކަން ކުރި ދެ މީހަކު ހައްޔަރުކޮށްފި

އޮޑިހަރުގެއަކާއި ގުދަނަކުން ވައްކަން ކުރި ދެ މީހަކު ހައްޔަރުކޮށްފި

މައްސަލައިގައި ހައްޔަރުކުރި ދެ މީހުން. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

13 ޖުލައި 2026، 09:09

13 ޖުލައި 2026، 09:09

ހދ. ކުޅުދުއްފުށީ އޮޑިހަރުގެއަކާއި، ގުދަނަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ވައްކަންކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.

ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ރޭ ވައްކަންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ޖުލައި 9 ގައެވެ. މައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނު ދެ މީހުންނަކީ:

  • ތަންބީގެ، ހދ. ކުޅުދުއްފުށި  ޙަސީބު އާދަމް (27އ)
  • ވައިޓްހާރޑް، ހދ. ކުޅުދުއްފުށި  މުޙައްމަދު ނަބީލް އަޙްމަދު (27އ) 



އެ މީހުން ވަގަށްނެގި ތަކެތީގެ އަގު 80،000 ރުފިޔާއަށްވުރެ ބޮޑުކަމަށް ލަފާކުރެވޭއިރު، އެ ތަކެތީގެ ތެރޭގައި ކަރަންޓު ބުރުމާއާއި، ކަރަންޓު ކީހާއި، ކަޓްއޮފްއާއި، ޓޫލް ބޮކްސްތަކަކާއި ކަރަންޓު ނަރުތަކެއްގެ އިތުރުން ކަރަންޓު އެހެނިހެން ސާމާނު ހިމެނޭ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ތަކެތި މީހާރު ފުލުހުން ހޯދާފައިވާއިރު، ތަކެތި ވެރިފަރާތާ ހަވާލުކުރުމުގެ  މަސައްކަތްތައް ކުރަމުންގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މައްސަލައާއި ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުންވަނީ  ޙަސީބު އާދަމް 5 ދުވަހަށް އަދި މުޙައްމަދު ނަބީލް އަޙްމަދު 12 ދުވަހަށް  ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުންގެންދަނީ އިތުރަށް ތަހުގީގުކުރަމުންކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450