ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑުން ޓީލަމަންސްގެ ސޮއި ހޯދައިފި

މެންޗެސްޓަރ ޔުނައިޓެޑުން ޓީލަމަންސްގެ ސޮއި ހޯދައިފި

ޔޫރީ ޓީލަމަންސް / ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 ޖުލައި 2026، 02:57

15 ޖުލައި 2026، 02:57

އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ކްލަބް، މެންޗެސްޓަރ ޔުނައިޓެޑުން އެސްޓަން ވިލާގެ ބެލްޖިއަމް މިޑްފީލްޑަރު ޔޫރީ ޓީލަމަންސްގެ ސޮއި ހޯދައިފިއެވެ.

އުމުރުން 29 އަހަރުގެ ޓީލަމަންސް ޔުނައިޓެޑާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޔުނައިޓެޑުން އޭނާ ގެންދިޔައީ 35 މިލިއަން ފައުންޑްގެ އަގަކަށެވެ. 

ޔުނައިޓެޑާ ގުޅުމަށްފަހު ޓީލަމަންސް ބުނީ މިއީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑް ފަދަ ހާއްސަ ކްލަބަކަށް ސޮއިކުރެވުމަކީ ގަބޫލުކުރަންވެސް ދަތި އުފަލެއް ކަމަށާއި، މިއީ ފުޓްބޯޅައަށް ހިތްޖެހުނު ދުވަހުން ފެށިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށް އޭނާ ބުންޏެވެ.

ޓީލަމަންސް ޔުނައިޓެޑުގައި ބޭނުންކުރާނީ 18 ނަންބަރު ޖާޒީއެވެ. މިއީ އެންމެ ފަހުން އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ ބޭނުންކުރި ނަންބަރެވެ. ކަސެމީރޯ ވަނީ މިދިޔަ ސީޒަން ނިމުމުން ކޮންޓްރެކްޓް ހަމަވެގެން ޓީމު ދޫކޮށް ގޮސްފައެވެ.

ޔުނައިޓެޑްގެ ފުޓުބޯޅަ ޑިރެކްޓަރ، ޖޭސަން ވިލްކޮކްސް ބުނީ، ޓީލަމަންސްއަކީ ވޭތުވެދިޔަ ހަތް އަހަރު ޕްރިމިއާ ލީގުގައި ފެނުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށެވެ. އަދި އޭނާގެ ހުނަރާއި، ލީޑަރޝިޕްގެ ސަބަބުން ޔުނައިޓެޑްގެ މެދުތެރެ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

ޓީލަމަންސްއަކީ މީގެ ކުރިން ލެސްޓާ ސިޓީއަށް 2021 ވަނަ އަހަރުގެ އެފް.އޭ ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ލަނޑެއް ޖަހައިދިން ކުޅުންތެރިއެކެވެ. އަދި މިދިޔަ މެއި މަހު އެސްޓަން ވިލާ އިން ޔޫރޮޕާ ލީގު ކާމިޔާބުކުރިއިރު ފްރައިބާގް ކޮޅަށްވެސް އޭނާ ލަނޑު ޖެހިއެވެ.

އުމުރުން އެންމެ 16 އަހަރުގައި އެންޑަލެކްޓުން ކެރިއަރު ފެށި ޓީލަމަންސް ވަނީ މިހާތަނަށް ކްލަބަށާއި ގައުމީ ޓީމަށް 668 މެޗު ކުޅެދީ 79 ލަނޑު ޖަހައިދީފައެވެ. ނަމަވެސް މިދިޔަ ސީޒަނުގައި އަނިޔާގެ ސަބަބުން އޭނާއަށް ކުޅެވުނީ އެންމެ 35 މެޗުގައެވެ.

މިއީ މި ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑުން ގެނައި ތިންވަނަ ކުޅުންތެރިއާއެވެ. މީގެ ކުރިން އެ ޓީމުން ވަނީ މިޑްފީލްޑަރު އަންދްރޭ ސަންޓޯސް އާއި ގޯލްކީޕަރު ކާލް ޑާލޯގެ ސޮއި ހޯދާފައެވެ. އޭގެ އިތުރުން އެޓަލާންޓާގެ މިޑްފީލްޑަރު އެޑަރސަން ހޯދުމުގެ މަސައްކަތްވެސް ޔުނައިޓެޑުން ދަނީ ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450