ކުޅިވަރު

އެންމެ އަގުބޮޑު އިނގިރޭސި ކުޅުންތެރިއާގެ ގޮތުގައި މޯގަން ރޮޖާސް ޗެލްސީއަށް ސޮއިކޮށްފި

އެންމެ އަގުބޮޑު އިނގިރޭސި ކުޅުންތެރިއާގެ ގޮތުގައި މޯގަން ރޮޖާސް ޗެލްސީއަށް ސޮއިކޮށްފި

މޯގަން ރޮޖާސް ޗެލްސީއަށް ސޮއިކުރުން / ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 ޖުލައި 2026، 11:20

22 ޖުލައި 2026، 11:20

އިނގިރޭސި މިޑްފީލްޑަރު މޯގަން ރޮޖާސް، އިނގިރޭސިވިލާތުގެ ރެކޯޑް ފީއަކަށް އެސްޓަން ވިލާ އިން ޗެލްސީއަށް ބަދަލުވެއްޖެއެވެ. 117 މިލިއަން ފައުންޑަށް އޭނާ ޗެލްސީއާ ގުޅިފައިވާއިރު މިއީ ތާރީޚުގައިވެސް އެންމެ އަގުބޮޑުކޮށް އެއް ޓީމުން އަނެއް ޓީމަށް ބަދަލުވި އިނގިރޭސި ކުޅުންތެރިއާއެވެ.

ވޯލްޑް ކަޕްގައި އިނގިރޭސި ޤައުމީ ޓީމަށް ކުޅުމަށްފަހު، އެމެރިކާ އިން އެނބުރި އައިސް ރޮޖާސް ވަނީ ހޯމަ ދުވަހު ލަންޑަންގައި މެޑިކަލް ޓެސްޓްތައް ފުރިހަމަކޮށްފައެވެ. އޭނާ ޗެލްސީއާއެކު ސޮއިކުރީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މީގެ އިތުރުން އެއްބަސްވުން އިތުރު އެއް އަހަރަށް އާކުރުގެ އިޚްތިޔާރުވެސް ޗެލްސީއަށް ލިބިގެންވެއެވެ.

ޓީމާ ގުޅުމަށްފަހު އާންމުކުރި ވީޑިއޯއެއްގައި ރޮޖާސް ބުނީ ޗެލްސީއަކީ ލަންޑަންގެ އެންމެ ބޮޑު ކްލަބު ކަމަށެވެ. އަދި އެ ކްލަބުން ކުރިއަށްދާން ބޭނުންވާ ގޮތާއި އަމާޒު ހިފާފައިވާ މިސްރާބަކީ އޭނާ ބޭނުންވާ ގޮތްކަމަށާއި، މިއީ އޭނާއަށް އެންމެ އެކަށީގެންވާ ނިންމުން ކަމަށް ގަބޫލުކުރާކަން ވެސް ވަނީ ހާމަކޮށްފައެވެ. 

އެސްޓަން ވިލާގެ އެންމެ އަގުހުރި ކުޅުންތެރިޔާގެ ގޮތުގައި ބެލެވުނު ރޮޖާސް ހޯދުމަށް އާސެނަލް އިންވެސް ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައިވެއެވެ. ނަމަވެސް ޗެލްސީން ފާއިތުވި ދެ އަހަރެއްހާ ދުވަހު އޭނާގެ ކުޅުން ވަރަށް ގާތުން ބަލަމުން ގޮސް، އޭނާއަކީ އެ ކްލަބުގެ އެންމެ މުހިންމު ޓާގެޓްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ޗެލްސީން މި ޓްރާންސްފާގެ ކަންކަން އަވަސްކުރީ މިދިޔަ ބުދަ ދުވަހު ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އާޖެންޓީނާ އަތުން އިނގިރޭސިވިލާތް ބަލިވި ހިސާބުންނެވެ. އެއީ މުބާރާތުގެ ތެރޭގައި ކުޅުމަށް ސަމާލުކަން ދިނުމަށްޓަކައި ޓްރާންސްފާގެ ވާހަކަތައް މަޑުޖައްސާލުމަށް ރޮޖާސް ބޭނުންވުމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450