Ads by Exprox

ޚަބަރު

މިއަހަރުގެ ނޮވެންބަރު މަހު އެކަނިވެސް ރާއްޖެއަށް 172،985 ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ ނޮވެންބަރު މަހު އެކަނިވެސް ރާއްޖެއަށް 172،985 ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖެއަށް ޒިޔާރަތްކުރި ފަތުުރުވެރިންތަކެއް ވީއޭއައިއޭގައި.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޑިސެމްބަރު 2024، 02:38

02 ޑިސެމްބަރު 2024، 02:38

މިއަހަރުގެ ނޮވެންބަރު މަހު އެކަނިވެސް ރާއްޖެއަށް 172،985 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން 1 ޑިސެންބަރު 2024 ގައި ހާމަކޮށްފައިވާ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި ނޮވެންބަރު މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ޤައުމެއްގެ ގޮތުގައި ފާހަގަވެފައިވަނީ އިނގިރޭސި ވިލާތެވެ. 

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1،837،633 ފަތުރުވެރިޔަކު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 9.1ޕަސެންޓް އިތުރުވުމެކެވެ. 

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަހަރަށް ކަނޑައަޅައިފައިވާ އަމާޒަކީ މިއަހަރު ތެރޭގައި ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމެވެ. ނޮވެންބަރު މަހާއި ހަމައަށް 172،985 ފަތުރުވެރިން ޒިޔާރަތްކުރުމުން ސަރުކާރުގެ އަމާޒު ހާސިލް ވުމަށް މިހާރު ބޭނުންވަނީ 162،367 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޖަނަވަރީ މަހުއެވެ. އެއީ 192،385 ފަތުރުވެރިންނެވެ. 

ވަކިވަކި މަސްމަހު ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު:

  •  ޖަނަވަރީ: 192،385 ފަތުރުވެރިން
  •  ފެބްރުއަރީ: 217،398 ފަތުރުވެރިން
  • މާރޗް: 194،227 ފަތުރުވެރިން
  • އޭޕްރީލް: 168،366 ފަތުރުވެރިން
  • މެއި: 119،875 ފަތުރުވެރިން
  •  ޖޫން: 123،284 ފަތުރުވެރިން
  • ޖުލައި: 167،528 ފަތުރުވެރިން
  • އޮގަސްޓް: 176،175 ފަތުރުވެރިން
  • ސެޕްޓެމްބަރު: 132،795 ފަތުރުވެރިން 
  • އޮކްޓޯބަރު: 172،621 ފަތުރުވެރިން 
  • ނޮވެންބަރު: 172،985 ފަތުރުވެރިން

ސަރުކާރުން އަމާޒުހިފައިފައިވަނީ މިއަންނަ އަހަރަށް 2.2 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco