ޚަބަރު
ޕާސްޕޯޓުގެ ޚިދުމަތް ހަރުދަނާކޮށް، އިމިގްރޭޝްނުގެ ޚިދުމަތްތަކަށް ޒަމާނީ ބަދަލުތަކެއް
މި ޚިދުމަތްތައް އިފްތިތާހުކުރުމުގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަނުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޕާސްޕޯޓް ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ޚީދުމަތްތަކަށް އައު ބަދަލުތަކެއް ގެނެސްފިއެވެ.
އެ އިދާރާގެ ޚިދުމަތްތަކަށް ގެނައި ބަދަލުތައް ރަސްމީކޮށް އިފްތިތާޚުކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
މި ބަދަލުތަކަކީ އިމިގްރޭޝަނުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ތަކުލީފުތައް ވީހާވެސް ކުޑާކޮށް، ފަސޭހަ އަދި އަވަސް އިންތިޒާމެއްގެ ދަށުން އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި ގެނެވުނު މުހިންމު އިސްތިލާހުތަކެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން އަލަށް ތައާރަފުކުރި ޙިދުމަތްތަކުގެ ތެރޭގައި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިލައްވާ ފަރާތްތަކަށް އިސްކަންދީގެން، އިސްރަށްވެހިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް، އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށައެޅުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އެގޮތުން، އެ ފަރާތްތަކުން ޕާސްޕޯޓު ފޮޓޯ ނެގުމާއި، އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ހާއްސަ އިންތިޒާމެއް މިހާރު ވަނީ ހަމަޖެހިފައިކަމަށް އެ އިދާރާއިން ބުނެއެވެ.
އަދި މީގެ އިތުރުން، އެ އިދާރާގެ ޚިދުމަތްތައް ހޯދަން އަންނަ ފަރާތްތައް، މަޑުކޮށްލައިގެން ތިބުމަށް ހިތްގައިމު މާހައުލެއް ގާއިމުކޮށްފައިވާ ކަމަށާއި، އާންމު މައުލޫމާތާއި އިރުޝާދު ދިނުމަށް ހާއްސަ "އިންފޮމޭޝަން ކައުންޓަރެއް" ވެސް ހުޅުވާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރު އޮފް ޕޮލިސް (ރޓ) އަޙްމަދު ފަސީހު، މި ހިދުމަތްތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަނީ، ދިވެހި ރައްޔިތުންނާ އެންމެ ގާތުން ގުޅިފައިވާ މިފަދަ ޚިދުމަތްތައް މެދުނުކެނޑި ތަރައްޤީކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.
"ދިވެހި ޕާސްޕޯޓްގެ ހިދުމަތަކީ އަޅުގަނޑުމެން ރައްޔިތުންނަށް ފޯރުކޮށްދޭ އެންމެ މުހިންމު އެއް ޚިދުމަތް. މިއަދު ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ހިދުމަތް ލިބެން ހުރިއިރު، އަޅުގަނޑުމެންގެ އަމާޒަކީ މި ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކޮންމެ ރައްޔިތަކަށް ވެސް އެއްވެސް ތަކުލީފެއް ނެތި، ފަސޭހަކަމާއެކު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން،"
އަޙްމަދު ފަސީހު ވިދާޅުވިއެވެ.
މި ގެނެވުނު ބަދަލުތަކަކީ ޒަމާނީ އީޖާދުތަކުގެ އެހީގައި، އިތުބާރުހުރި އަދި ހަރުދަނާ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓަކައި އެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ސިފަކުރައްވައެވެ.
The Minister of Homeland Security, Labour and Technology, Hon. Ali Ihusaan, officially launched the upgraded Dhivehi Passport Services.
— Maldives Immigration (@ImmigrationMV) July 23, 2026
The enhancements include dedicated assistance for elderly persons and individuals with special needs, an enhanced waiting area, and a… pic.twitter.com/gWWxxbMzt4