Ads by Farudhun

ޚަބަރު

ކަނޑުމަގުން އެތެރެކުރި 3 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި

ކަނޑުމަގުން އެތެރެކުރި 3 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި

މަސްތުވާތަކެތި. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 ޖުލައި 2026، 01:16

24 ޖުލައި 2026، 01:16

ކަނޑުމަގުން ރާއްޖެއެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ތަކެތި އަތުލައިގަނެފައިވަނީ 23 ޖުލައި 2026 ވަނަ ދުވަހުގައި ކަމަށެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.1 ކިލޯ (3110 ގަރާމް) ހުއްޓެވެ. މި މަސްތުވާތަކެތީގެ ބާވަތަކީ ސިންތެޓިކް ކެތިނޯން ކަމަށް ކަސްޓަމްސްއިން ބުނެފައިވާއިރު، މި ތަކެތި އަތުލައިގެންފައިވަނީ މާލެ ކޮމާޝަލް ހާބަރުންނެވެ.



މި ތަކެތީގެ މަގުމަތީ އަގަށް ބަލާއިރު، ގާތްގަނޑަކަށް 5.6 މިލިއަން ދިވެހި ރުފިޔާއަށްވުރެ އިތުރު ވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ. މިއީ ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބޮޑު ޝިޕްމަންޓެއް ކަމަށް ފާހަގަކުރެވެއެވެ.

މިފަދަ މައްސަލަތަކާއ ގުޅިގެން  އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި،  ތަހުގީގު ކުރިއަށް ގެންދިއުމަށް ޓަކައި އަތުލައިގަނެވޭ މަސްތުވާތަކެތި ހަވާލުކުރެވެނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއެވެ. 

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5.5 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި މިދިޔަ ހޮނިހިރު ދުވަހު ވެސް ކަސްޓަމްސްއިން އަތުލައިގަނެފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ވެސް، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450