ކުޅިވަރު
އިންޑިވިޖުއަލް މެޑްލޭ އިވެންޓުން ރިޙާން ޤައުމީ ރެކޯޑެއް އައުކޮށްފި
ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މުޙައްމަދު ރިޙާން---
ބަޚްރައިންގައި މިހާރު ކުރިއަށްދާ "ބަޚްރައިން ކަޕް 2026" ގައި ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މުޙައްމަދު ރިޙާން ޝިހާމް، ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު އައުކޮށްފިއެވެ.
ރިޙާން މި ރެކޯޑު އައުކުރީ 05:11.03 (ފަސް މިނެޓު އެގާރަ ސިކުންތު ތިނެއް މިލިސިކުންތު) އިން އިވެންޓު ފުރިހަމަކޮށްގެންނެވެ. މިއީ ކުރިން ވެސް އޭނާގެ އަތުގައި އޮތް ރެކޯޑެކެވެ. މީގެ ކުރިން މި ރެކޯޑު ރިޙާން އައުކޮށްފައިވަނީ 2023 ވަނަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގައެވެ. އެ ފަހަރު އޭނާ އިވެންޓު ފުރިހަމަކޮށްފައިވަނީ 05:14.03 އިންނެވެ.
ސްކޮޓްލޭންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ ލޫޠު މުހައްމަދު ހުސައިން އާއި އާން ހުސައިން، ފިރިހެނުންގެ ދެ އިވެންޓަކުން ވެސް ޤައުމީ ރެކޯޑު އައުކޮށްފައިވެއެވެ.
އެގޮތުން ލޫޠު މުހައްމަދު ހުސައިން ވަނީ ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރިކޯޑް އައުކޮށްފައެވެ. އަދި އާން ހުސައިން އައުކުރީ ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރިކޯޑެވެ.
ފަހަކަށް އައިސް ރާއްޖޭގެ ފެތުންތެރިން ބައިނަލްއަޤުވާމީ އެކި މުބާރާތްތަކުގައި ބައިވެރިވެ، ޤައުމީ ރެކޯޑުތައް އައުކުރަމުންދާކަން ފާހަގަކުރެވެއެވެ. މިއީ ދިވެހި ފެތުންތެރިންގެ ހުނަރު އިތުރުވެ، ކުރިއެރުން ލިބެމުންދާކަމުގެ ހެއްކެކެވެ.