Ads by Farudhun

ޚަބަރު

މާލެ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

މާލެ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

އެއްބަސްވުމުގައި ސޮއިކުރައްވަނީ. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

26 ޖުލައި 2026، 09:35

26 ޖުލައި 2026، 09:35

ހުޅުމާލޭގައި ތަރައްޤީކުރާ، މާލޭގެ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، އަލްއުސްތާޛު ޔޫސުފް ޢަބްދުލްޣަފޫރް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ،  އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.

އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރެވުނީ 720 ދުވަސް ތެރޭގައި ނިންމުމަށް ކަމަށްވާއިރު، މި މަޝްރޫއުގެ ދަށުން، 29،490 އަކަފޫޓުގެ ސަރަހައްދެއްގައި 14 ސަންގިފިލާގެ އިމާރާތެއް ބިނާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި އެ އިމާރާތުގެ ތެރޭގައި ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު، ޖުވެނައިލް ކޯޓުގެ އިތުރުން ފެމިލީ ކޯޓު، ހައި ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންގެ އޮފީސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެ ކުންފުނިން ރާއްޖޭގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައިވެއެވެ. އަދި ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާއިރު، މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 699.86 މިލިއަން ރުފިޔާއަށެވެ.



މި ކޯޓު ކޮމްޕްލެކްސް ތަރައްޤީކުރެވިގެންދާއިރު، ޒަމާނީ އެންމެހައި ވަސީލަތްތަކާއި، ފަނޑިޔާރުންނާއި މުވައްޒަފުންގެ އިތުރުން، ކޯޓުތަކުގެ ޚިދުމަތް ހޯދާ އާންމު ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ އިންތިޒާމުތައް ހިމެނިގެންދާނެ ކަމަށް އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. 

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި މަޝްރޫއު ނިމުމާއެކު، ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450