Ads by Farudhun

ޚަބަރު

މާލޭ ރޯޑް ޕޮރޮޖެކް ފެށުމުގެ ކުރިން ސާވޭއެއް

މާލޭ ރޯޑް ޕޮރޮޖެކް ފެށުމުގެ ކުރިން ސާވޭއެއް

އެމްޓީސީސީއިން ހިންގި ސާވޭގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 ޖުލައި 2026، 09:19

28 ޖުލައި 2026، 09:19

މާލޭ މަގުތައް އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫއު ފެށުމުގެ ކުރިން ހަދަންޖެހޭ ސާވެއެއް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހޯމަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ.

މި ސާވޭގެ ދަށުން އެ ކުންފުނިން ވަނީ އަމީނީ މަގުގެ އެކި ސަރަހައްދުތަކުގައި ކޯރ ކަޓިންގްގެ މަސައްކަތް ކޮށްފައެވެ. ކޯރ ކަޓިންގްގެ މަސައްކަތަކީ މަގުގެ ހާލަތު ބެލުމުގެ ގޮތުން ސާމްޕަލްއެއް ނެގުމަށް ޓަކައި ކުރެވިގެންދާ މަސައްކަތެކެވެ. 

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން އަމީނީ މަގާއި، އިއްޒުއްދީން މަގު އަދި ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް އެމްޓީސީސީއިން ވަނީ، މި ޕްރޮޖެކްޓުގެ ސަބަބުން، ފަސޭހައިން ބޭނުން ކުރެވިގެންދާ އަމާން މަގުތަކެއް މާލޭގައި ހެދިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމުގެ މަޝްރޫއު ލަސްވެގެން 2027 ވަނަ އަހަރުގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައެވެ. 



އެ މަނިކުފާނު ވިދާޅުވީ، މީގެ ކުރިން މިފަދަ މަޝްރޫއެއް ހިންގައިފައި ވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ ދައުރުގައި  ކަމަށާއި، އޭގެ ފަހުން މަގުތައް ބަލަހައްޓަންޖެހޭ ގޮތަށް ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަން ފާހަގަކުރައްވާފައެވެ. 

މި މަޝްރޫއުގެ މަސައްކަތް ފުރިހަމަވެގެންދާއިރު، ފެން ހިންދުމުގެ މައްސަލަ ޙައްލުކުރުމަށް ސްޓޯމްވޯޓަރ ޑްރައިނޭޖް ނިޒާމެއް ގާއިމުކުރެވި، ޢިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިންގ ނިޒާމެއް ވެސް ގާއިމުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އަލިފާން ނިއްވަން ބޭނުންކުރާ ފަޔަރ ހައިޑްރަންޓް ނިޒާމު ވެސް މަގުތަކާ އެކުލަވާލެވިގެންދާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450