Ads by Farudhun

ޚަބަރު

ކޯސްޓް ގާޑުގެ ފްލީޓަށް ނޮވެމްބަރު 3ގެ ކުރިން 20 އުޅަނދު އިތުރު ކުރަނީ

ކޯސްޓް ގާޑުގެ ފްލީޓަށް ނޮވެމްބަރު 3ގެ ކުރިން 20 އުޅަނދު އިތުރު ކުރަނީ

ކޯސްޓްގާޑް ޝިޕް އިމާދުއްދީން---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 ޖުލައި 2026، 10:08

28 ޖުލައި 2026، 10:08

ކޯސްޓަލް ސެކިޔުރިޓީއަށް ބޭނުންވާ 20 އިންޓަރ ސެޕްޓަރ ކްރާފްޓް، މި އަހަރުގެ ނަސްރުގެ ދުވަހުގެ ކުރިން އެމްއެންޑީއެފްއަށް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ދެއްވައިފިއެވެ.

މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ މިގޮތަށް ވިދަޅުވީ، އޮސްޓްރޭލިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރެއްވި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރަސްމީކޮށް ކޮމިޝަންކޮށް، ޚިދުމަތަށް ނެރުމަށް ޓަކައި، ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޖަރ ޖެނެރަލް ވަނީ، 1980 ވަނަ އަހަރު ކޯސްޓްގާޑު އުފެދިގެން މިއަދާ ހަމައަށް އައިއިރު، އެ އިދާރާއަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާއި ގަވާއިދު ތަންފީޒުކުރުމާއި، ކަނޑުމަތީގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ މުހިންމު އިދާރާއެއްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމާއި، ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ޓަކައި، ދިމާވާ ނުރައްކާތަކާއި ކުރިމަތިލެފޭ ފަދަ ބާރެއް އެ އިދާރާއަށް ލިބިފައި އޮތުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެކެވަޑާއިގަންނަވާ ގޮތުގައި ރާއްޖެއަކީ، ކުޑަ ގައުމެއް ނޫން ކަމަށާއި، މިއީ އަސްކަރީގޮތުން ބަލިކަށިވާން ޖެހޭ ގައުމެއް ވެސް ނޫންކަން މޭޖަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. އަދި ދިވެހިންގެ މިނިވަންކަން ދިފާއުކުރާނީ ދިވެހިންކަމަށް ރައީސް ދެކެވަޑައިގަންނަވާކަން ވެސް ފާހަގަކުރައްވާ މޭޖަރ ޖެނެރަލް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ކަނޑާއި، އެއްގަމާއި، ވައިގެމަގުން ދިފާއުކުރެވޭނެ ފަދަ އަސްކަރިއްޔާއެއް ބިނާކުރުމަކީ ރައިސްގެ މުހިންމު ސިޔާސަތެއްކަމަށެވެ.

އަދި މި ސިޔާސަތުގެ ދަށުން ދިވެހި އަސްކަރިއްޔާ ޒަމާނާއި ގުޅޭގޮތަށް ތަރައްގީކޮށް، ކަނޑު މަގުން ދިމާވާ ނުރައްކާތަކާއި ކުރިމަތިލުމަށް ޓަކައި ކޯސްޓު ގާޑުގެ ހިދުމަތްތައް ތަރައްގީކުރުމާއެކު ކަނޑުގެ ބާރެއް އުފައްދަވާނެ ކަމަށް ރައީސް އިއުލާނުކުރައްވާފައިވާކަން މޭޖަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. މިކަންހާސިލުކުރުމަށް އެމަނިކުފާނުވަނީ ޒަމާނީ ހަތިޔާރުހިމެނޭ ނޭވީ މަނަވަރެއް ތުރުކީވިލާތުން ހޯއްދަވައިދެއްވާފައި ކަމަށް ވިދާޅުވިއެވެ. 

މާތް ﷲގެ އިރާދަފުޅުން، މިއަހަރުގެ ނަސްރުގެ ދުވަހުގެ ކުރިން ކޯސްޓަލް ސެކިޔުރިޓީއަށް ހާއްސަކުރެވިގެން 20 އިންޓަރ ސެޕްޓަރ ކްރާފްޓްސް ދިވެހި އަސްކަރިއްޔާއަށް ހޯއްދަވައިދެއްވާނެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވިއެވެ.

"ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ހިދުމަތް ފެށުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުވުމުގެ އިތުރުން، ކަނޑުމަތީގެ ހާދިސާތަކުގައި މީހުން ހޯދާ ސަލާމަތްކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450