ޚަބަރު
ހިތަދޫ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އާރު.އީ.އޯ.ސީ) ގެ މަސައްކަތް ހަލުވުކަމާއެކު ކުރިއަށްދާކަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ، އެ މަޝްރޫއުގެ ދަށުން މިހާރުކުރިއަށް ދަނީ، ފުރާޅު ހެދުމަށް ބޭނުންވަ ސްލެބް ޝަޓަރިންގްގެ މަސައްކަތްތަކާއި، ރީއެންފޯސްމެންޓް މަސައްކަތްތައް ކަމަށެވެ.
Project Update: Construction Of Regional Emergency Operation Center At S. Hithadhoo
— MTCC Plc (@MTCCPlc) July 28, 2026
Roof Level Slab Shuttering & Reinforcement works ongoing at the project site.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni… pic.twitter.com/8wPVUWukGV
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ނޮވެމްބަރު މަހު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކުރީގެ ދިފާޢީ ވަޒީރު ޣައްސާން މައުމޫނެވެ. އަދި މިއީ އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ޤުދުރަތީ އަދި އެނޫން ވެސް އެކި ގޮތްގޮތުން ދިމާވާ ކާރިސާތަކާ ގުޅިގެން، ރައްޔިތުންނަށް އަވަސްކަމާއި ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި މި މަޝްރުއު ކުރިއަށްގެންދެވޭއިރު، ޖެނުވަރީ މަހު އެމްޓީސީސީއިން ވަނީ، މި މަސައްކަތް އޮގަސްޓުމަހަށް ނިމޭނެކަމަށް ބުނެފައެވެ.
ދެ ފަންގިފިލާއަށް އިމާރާތްކުރާ މި ސެންޓަރުގައި، މީޓިން ރޫމަކާއި ކޭޓްރިންގެ ޚިދުމަތާއި ގުދަންތަކާއި ގެދަރިން ހޯލްތައް ހެދިގެންދާނެއެވެ. އަދި މީގެ އިތުރުން ވެސް ބޭނުންވާނެ އެހެން ވަސީލައްތައް މިތަނުގައި ގާއިމުވާނެކަމަށް އެމްޓީސީސީއިން ބުނެއެވެ.
ޤުދުރަތީ ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސެންޓަރުތައް ހަދަމުން އަންނަ އިރު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ވަނީ، 'ޑެމޭޖް އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް' (ޑާލާ) ޕޯޓަލް ތައާރަފުކޮށްފައެވެ. މިއީ ކާރިސާތަކުން ލިބޭ ގެއްލުންތައް ރިޕޯޓުކުރުމާއި ތަފާސްހިސާބު ބެލެހެއްޓުން ޑިޖިޓަލްކުރުމުގެ ގޮތުން އުފެއްދެވި ޕޯޓަލްއެކެވެ.
އެމްޓިސީސީއިން ހިތަދޫގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ސަބަބުން، ކާރިސާތަކުގައި ލިބޭ ގެއްލުން ކުޑަކުރުމަށް ބޮޑު އެހީއެއް ލިބިގެންދާނެއެވެ.