Ads by Farudhun

ޚަބަރު

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ޙާރިޘް

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ޙާރިޘް

ޙާރިޡް މުޙައްމަދު—

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 ޖުލައި 2026، 09:24

29 ޖުލައި 2026، 09:24

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، ދަފްތަރު ނަންބަރު ރސ 4289، އަލްފާޟިލް ޙާރިޘް މުޙައްމަދު އައްޔަނުކޮށްފިއެވެ.

މި މަޤާމަށް، 28 ޖުލައި 2026 ވަނަ ދުވަހު އޭނާ އައްޔަނުކުރައްވާފައިވާކަން ޕީސީބީއިން ވަނީ އިއުލާނުކޮށްފައެވެ.

ޙާރިޘަކީ، ވައިގެ ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކުން 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާ އެ ދާއިރާތަކުން ފަންނީ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، މެނޭޖްމަންޓް ކޮންސަލްޓަންޓެކެވެ.



ވަޒީފާގެ މައިދާނުގައި އޭނާ އަދާކުރައްވާފައިވާ ބައެއް އިސް މަޤާމުތަކުގެ ތެރޭގައި،  މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީ.އާރުސީ ގެ އެކްޓިންގ މެނޭޖިންގ ޑައިރެކްޓަރުކަމާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް ގެ ޖެނެރަލް މެނޭޖަރުކަން ހިމެނެއެވެ.

ތަޢުލީމަށް ބަލާއިރު، ޙާރިޘް މުޙައްމަދު ވަނީ،  އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. އަދި މީގެ އިތުރުން އޭނާއަކީ،  ޗާޓަރޑް އިންސްޓިޓިއުޓް އޮފް މާކެޓިންގ (CIM) އަދި ޗާޓަރޑް މެނޭޖްމަންޓް އިންސްޓިޓިއުޓް (CMI) ގެ ފެލޯޝިޕް ލިބިވަޑައިގެންފައިވާ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450