Ads by Farudhun

ޚަބަރު

އަހަރުގެ މިހާތަނަށް ހިމަބިހީގެ 186 ކޭސް

އަހަރުގެ މިހާތަނަށް ހިމަބިހީގެ 186 ކޭސް

ހިމަބިހި. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 ޖުލައި 2026، 09:39

29 ޖުލައި 2026، 09:39

މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 186 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް، ހެލްތް ޕްރިޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ނެރުނު ހިމަބިލީގެ ކޭސްތަކުގެ އަދާހަމައިން ދައްކާގޮތުގައި، ހިމަބިހީގެ 20 ކޭސް ވަނީ ވޭތުވެ ދިޔަ ހަފްތާގައި މާލެ ސަރަހައްދުން ފެނިފައެވެ. އެހެންކަމުން، އަހަރުގެ މިހާތަނަށް ހިމަބިހިޖެހިގެން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ އަދަދު 186 އަށް އަރާފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.

އަދި އެޗްޕީއޭއިން ވިދާޅުވީ މިހާތަނަށް 12,000 މީހަކަށް ހިމަބިހީގެ ވެކްސިން ދެވިފައިވާކަމަށެވެ.

މީސްލްސް ވައިރަސްގެ ސަބަބުން ޖެހިގެންދާ މި ބައްޔަކީ،  ވައިގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި، ހުންއައުމާއި، ރޯގާ ޖެހުންމާއި، ކެއްސުންމާއި، ލޯ ރަތްވުމުގެ އިތުރުން ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. 



މިފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި ފަރުވާ ހޯދަން ވަޑައިގަންނަވާއިރު، މާސްކު އެޅުއްވުމަށް އެޗްޕީއޭއިން އެދެއެވެ. މީގެ އިތުރުން، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ގިނައިން މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށް ނުގޮސް، ގޭގައި މަޑުކުރެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ބަލިން ރައްކާތެރިވުމަށް ޓަކައި، ހިމަބިހީގެ ވެކްސިންގެ 2 ޑޯޒު ފުރިހަމަކުރެއްވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި 2 ޑޯޒު ފުރިހަމަ ނުކުރައްވ ފަރާތްތަކުން، ވީހާވެސް އަވަހަށް ވެކްސިންދޭ މަރުކަޒަކަށް ވަޑައިގަންނަވާ، ވެކްސިން ފުރިހަމަކުރެއްވުމަށް ވެސް އިލްތިމާސްކުރައްވާފައިވެއެވެ. މި ބަލިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ފުރިހަމަކުރުން ކަމަށް ގިނަ  ސިއްހީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ.

މީގެ 9 އަހަރު ކުރިން ރާއްޖެއިން  މި ބަލި އެއްކޮށް  ނައްތާލާފައިވާއިރު، ހިމަބިހި  އަލުން ފެންނަން ފެށީ މިއަހަރުގެ މޭ މަހުގެ ތެރޭގައެވެ. މި ބަލި ފެތުރުން ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، މި މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވަނީ 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450